ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މީދު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުކަމަށް، މީދޫގެ ހަރަކާތްތެރި ކަނބަލެއް ކަމަށްވާ މަރިޔަމް ހިމްޔާ (ހިމްމި) ވަނީ ކުރިމަތިލައްވާފައެވެ. ކެނޑިޑޭޓް ނަމްބަރު 5 އެއްގެ ގޮތުގައި ވާދަކުރައްވާ ހިމްޔާއަކީ ރަށުގެ އިޖުތިމާޢީ ކަންކަމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ.
އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަރިޔަމް ހިމްޔާ ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރާއި ގުޅިގެން މީދޫ ދާއިރާގެ އަންހެންކަނބަލުންގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދިނުން ކަމަށެވެ. ވަކިން ހާއްސަކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކަނބަލުންނަށް ހުރި ހުރަސްތައް ނައްތާލުމަށް އޭނާ ހުރީ ވަރުގަދަ އަޒުމެއްގައެވެ.
މީދޫގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ރަށުގެ މުސްތަޤުބަލަށް ކޮންމެހެން ބޭނުންތެރި ކަމެކަމަށް ހިމްޔާ ވަނީ ބުނެފައެވެ. މިކަމުގައި ހިމްޔާ ފާހަގަކުރައްވަނީ، އޭނާއަށް ދެވޭ ކޮންމެ ވޯޓަކީ މީދޫއަށް ބޭނުންވާ ކުރިއެރުން ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވީމާ، މީދޫގެ ލޮބުވެތި ރައްޔިތުން މަރިޔަމް ހިމްޔާއަށް އިތުބާރު ކުރައްވައި، ރަށުގެ ކުރިއެރުމަށްޓަކައި އޭނާއަށް މީދޫ ރަށްޔިތުންގެ އަގުބޮޑު ވޯޓު ދެއްވުމަކީ މުޅި ދާއިރާގެ ލާބަޔާއި މަންފާއަށް ކުރެވޭނެ އުންމީދީ އިންވެސްޓްމަންޓެކެވެ.
މީދޫގެ އަންހެނުންގެ ކުރިއެރުމަށާއި ރަށުގެ ތަރައްޤީއަށްޓަކައި، އެންމެހާ ރައްޔިތުންގެ ވޯޓު ކެނޑިޑޭޓް ނަމްބަރު 5، މަރިޔަމް ހިމްޔާ (ހިމްމި) އަށް ދެއްވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

