ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދުގެ ފަރާތުން، އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާ ވަރަށް ޚާއްޞަ ރޯދަވީއްލުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރޯދަވީއްލުން ކުރިއަށްދާނީ ހުޅުދޫ ސްކޫލް ކުރިމަތީގައި އޮންނަ މަގުގައި (ޕީއެންސީ ހުޅުދޫ އޮފީސް ކުރިމަތީގައެވެ). މި ރޯދަވީއްލުމަކީ ހުޅުދޫގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އުޚުއްވަތްތެރިކަން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވޭ ރޯދަ ވީއްލުމެކެވެ.

މުހައްމަދު ޝާހިދަކީ އަބަދުވެސް ހުޅުދޫގެ ރައްޔިތުންގެ ކުރިއެރުމަށާއި، ރައްޔިތުންނަށް ދިމާވާ އެކި ކަންކަމުގައި ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންދާ ބޭފުޅެކެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ މިމެމްބަރުގެ މި ދީލަތި ދައުވަތަކީ ރަށުގެ އެންމެހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
ވީމާ، ހުޅުދޫގެ ވީހާވެސް ގިނަ ރައްޔިތުން މިއަދުގެ މި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މެމްބަރު ޝާހިދުގެ ވަރަށް ބޮޑު އެދުމެކެވެ. މި ފުރުސަތުގައި ރަށުގެ އެންމެހާ ރައްޔިތުން ބައިވެރިވެ، ރޯދަމަހުގެ ބަރަކާތާއި އުފަލުގައި ބައިވެރިވުމަކީ މެމްބަރު ނުހަނު އުފަލާއެކު ބަލައިގަންނާނެ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

