މަޝްހޫރު ލަވަކިޔުމުގެ މުބާރާތް "އިންޑިއަން އައިޑަލް" ސީޒަން 16 ގެ ޖެނުއަރީ 17 ވަނަ ދުވަހު އެޕިސޯޑުގައި، ފިލްމީ ދާއިރާގައި 50 އަހަރު ފުރިހަމަކުރި ތަޖުރިބާކާރު އެކްޓަރު މިތުން ޗަކްރަބޯޓީއަށް ޚާއްސަކުރެވިގެން ބޭއްވުނު އެޕިސޯޑެކެވެ. މި އެޕޮސޯޑްގައި މިތުންގެ ދަރިފުޅު ނަމާޝީ ދެއްކި އަސަރުގަދަ ވާހަކަތަކުގެ ސަބަބުން މިތުން އަށް ވަނީ ކަރުނަ ހިފަހައްޓާލަން ދަތިވެފައެވެ. ޖަޒުބާތުން ފުރިގެންވި އެ ވަގުތުކޮޅަށްފަހު، "ޖޫލީ ޖޫލީ" ލަވައިގެ މިއުޒިކާއެކު ދެބަފައިން ވަނީ އެކަކު އަނެކަކުގެ ގައިގައި ބައްދާލާފައެވެ.
ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަރި ކަމަށްވާ މިތުން ޗަކްރަބޯޓީ، އޭނާގެ ފަންސާސް އަހަރުވީ ފިލްމީ ދަތުރު ފާހަގަކުރުމަށް އިންޑިއަން އައިޑަލްގެ ސެޓަށް ޒިޔާރަތްކުރި މި އެޕިސޯޑުގައި، އޭނާގެ ދަރިފުޅު ނަމާޝީ ވަނީ ބައްޕައާ މެދު ފަހުރުވެރިވާ މިންވަރު ހާމަކޮށްފައެވެ.
ނަމާޝީ ވަނީ އެ އާއިލާއިން ކުރިން ކުރި ބުރަ މަސައްކަތްތަކާއި، މިއަދު އޭނާގެ ބައްޕައަކީ "ހިންދުސްތާނުގެ އެންމެ ބޮޑު ތަރި" އަށް ވެގެން ދިޔަ ގޮތުގެ ހަނދާންތައް އައުކޮށްފައެވެ.
ޖެނުއަރީ 17 ވީ ހޮނިހިރު ދުވަހު ދެއްކި މި އެޕިސޯޑުގައި، މުބާރާތުގެ ބައިވެރިން ވަނީ މިތުންގެ ކެރިއަރަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ހާއްސަ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މި ހަފުލާގެ އެންމެ ހާއްސަ އެއް ވަގުތަކީ، ދަރިފުޅު ނަމާޝީ ދެއްކި އިހުލާސްތެރި ވާހަކަތަކެވެ. މި ވާހަކަތަކުގެ ސަބަބުން މިތުންގެ ލޮލުން ކަރުނަ ފާއްދާލިއިރު ޝޯވގެ ބައިވެރިންގެ ފަރާތުންވެސް ކަރުނަ ފާއްދާލިމަންޒަރު ފެނިގެން ގޮސްފައިވެއެވެ. ނަމާޝީގެ ވާހަކަތަކުން ބެލުންތެރިން ގެންގޮސްދިނީ މިތުންގެ ފިލްމީ ހަޔާތުގެ ކުރީކޮޅުގެ ދުވަސްތަކަށެވެ. އޭނާ ހާމަކުރި ގޮތުގައި، އެ ދުވަސްވަރު އޭނާގެ ބައްޕަ ދުވާލަކު ހަތަރު ޝިފްޓުގައި މަސައްކަތް ކުރިއެވެ. އަދި އޭނާގެ ފުރަތަމަ ފިލްމު "ބޭޑް ބޯއި" ޕްރޮމޯޓް ކުރުމުގެ ތެރެއިން، ކޮލްކަޓާގައި ހުންނަ ބައްޕަގެ އެންމެ ފުރަތަމަ ގެއަށް ޒިޔާރަތްކުރި ހަނދާންތައް ވެސް އޭނާ ހިއްސާކުރިއެވެ.
"އަހަރެންނަކީ ވަރަށް މަޝްހޫރު ސުޕަރސްޓާރެއްގެ ދަރިއަކަށް ވީތީ، އެގޭގެ މަންޒަރުތަކަށް 30 ސިކުންތަށް ވުރެ ގިނަ އިރު ބަލާކަށް އަހަރެންނަށް ކެތެއް ނުވި. ނަމަވެސް އެ ގެއަށް ވަނުމަށްފަހު އެ ސަރަހައްދުގެ މީހުން ކައިރީ ބައްޕައާ ބެހޭގޮތުން ހުރި ހަނދާންތަކަކީ ކޮބައިތޯ އެހުމުން، އެމީހުން އަހަރެން ބައްޕަ އުޅުނު ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ގެންގޮސް ބުނި"
" ގެ ކުޑަ ނަމަވެސް އެ ކުޑަ ގެއިން ނިކުމެގެން އައީ މުޅި ހިންދުސްތާނުގެ އެންމެ ބޮޑުއެއް ތަރިކަމަށް "
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

