ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ 2025 ފާހަގަކުރުމުގެ ގޮތުން، ސިއްހީ މަރުކަޒުން އިންތިޒާމްކޮށްގެން ޚާއްސަ އިވެންޓެއް 2025 ސެޕްޓެމްބަރ 12 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 16:15 ގައި ސިއްހީ މަރުކަޒުގައެވެ.
ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ 2025 ފާހަގަކުރުމުގެ ގޮތުން، ބާއްވާ މި ޚާއްސަ ހަރަކާތުގައި، އާންމުންނަށް ހަކުރު ޓެސްޓްކޮށްދިނުމާއި، ލޭގެ ޕްރެޝަރ ބެލުން، އަދި ބީއެމްއައި (BMI) ބަލައިދިނުން ހިމެނެއެވެ. މި ހިދުމަތްތައް ހިލޭ ލިބިގެންދާނެއެވެ.
މީގެ އިތުރުން، އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް ޚާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސިއްހަތާ ގުޅުންހުރި މުހިންމު މައުލޫތަކަށް މައުލޫމާތު ދިނުމަށް ވެސް ހަމަޖެހިފައިވާ މި އިވެންޓްގައި ގާތުން ކިރުދިނުން، ހިތުގެ ބަލިތައް، ކިޑްނީގެ ބަލިތައް، އަދި ސިއްހަތާއި ގުޅުންހުރި ތަފާތު މައުލޫމާތު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވެއެވެ.
ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުޅިވަރުތަކެއް ވެސް މި އިވެންޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އިވެންޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބިގެންދާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއިވެންޓް އިންތިޒާމްކުރާ ފަރާތްތަކުން އެދުމަކީ މި މުހިންމު އިވެންޓަށް ވީހާވެސް ގިނަ ފަރާތްތަކުން ވަޑައިގެން، ސިއްހަތާއި ގުޅުންހުރި މައުލޫމާތު ހޯއްދެވުމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

