2025 ވަނަ އަހަރުގެ މެއި، ޖޫން މަހު ބޭއްވުނު އޯލެވެލް އިމްތިހާނުގެ ނަތީޖާ އިއުލާނުކޮށްފައިވާއިރު، ސ. އަތޮޅު މަދަރުސާގެ 5 ދަރިވަރުން ރާއްޖޭގެ ގަދަ 10 ގައި ހިމެނިގެން ރަނގަޅު ކާމިޔާބީއެއް ހޯދައިފިއެވެ.
ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، ހުޅުދޫ ވިދުވަރުގޭ އައިޝަތު މަނާލް އަލީ ގަދަ 10 ގެ ދެވަނަ މަގާމް ހާސިލްކޮށްފައިވުމެވެ.
މީގެ އިތުރުން، ގަދަ 10 ގެ 7 ވަނަ މަގާމް ހާސިލްކޮށްފައިވަނީ ދެ ދަރިވަރެކެވެ. އެއީ މީދޫ ހަވީރުގޭ އަހުމަދު އައިމަން އަބްދުﷲ އާއި ހުޅުދޫ އިރާސްމިކު، އައިޝަތު އައިމަލް މުހައްމަދެވެ. މި ދެ ދަރިވަރުންވެސްވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފައެވެ.
އަދި ގަދަ 10 ގެ 8 ވަނަ މަގާމް ހުޅުދޫ ގްރޭވިލާ، ނޫރަން ތަވީލް އަބްދުލް މުހުސިނު ހާސިލްކޮށްފައިވާއިރު، ގަދަ 10 ގެ 10 ވަނަ މަގާމް ހާސިލްކޮށްފައިވަނީ ހުޅުދޫ ކަސްތޫރިގޭ، ހުސެން މިޝަލް ތައުފީގެވެ.

އަތޮޅުމަދަރުސާގެ 5 ދަރިވަރުން އޯލެވެލްގެ ގަދަ 10 ގައި ހިމެނުމާއި ގުޅިގެން ފޭސްބުކް ޕޭޖްގައި އެސްކޫލްގެ ފަރާތުން މިފަސް ދަރިވަރުންނަށް މަރުހާ ދަންނަވާފައިވެއެވެ.
" އަޅުގަޑުމެން ވަރަށްބޮޑަށް ފަޚުރުވެރިވަން އަޅުގަޑުމެންގެ 5 ދަރިވަރުން ގައުމީ ފެންވަރުގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނުމުން ، މީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް، މިއީ ތިޔަ ދަރިވަރުން ކެތްތެރިކަމާއިއެކު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ، ތިޔަ ދަރިވަރުން ހޯދި ކާމިޔާބީއަކީ ހަމައެކަނި ތިޔަދަރިވަރުންނާއި ތިޔަދަރިވަރުންގެ އާއިލާއަށް ލިބުނު ޝަރަފެއްނޫން ، އަޅުގަޑުމެން ސްކޫލަށްވެސް ލިބުނު ޝަރަފެއް،"
އަތޮޅުމަދަރުސާގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

