ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙްމާން، މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި ދާއިރާގެ ކައުންސިލަރ އާމިނަތު ޞާލިޙާ އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މީދޫ އަވަށު އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، މީދޫގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި، މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިކަންކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނެވެ.

މީގެ އިތުރުން، ކުރިއަށް އޮތްތަނުގައި މެމްބަރު ޢަބްދުއްރަޙްމާނާއި މީދޫ އަވަށު އޮފީސް ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމާ ބެހޭގޮތުންވެސް މުހިންމު މަޝްވަރާތަކެއް ކުރެވުނެވެ. އަދި ރަށުގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދެ ފަރާތުންވެސް އެއްބާރުލުންދީގެން މަސަައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވައި އެކަމާއިބެހޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަދި މީދޫގެ ކަންކަން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، ރަށާއި ރަށުން ބޭރުގައި މީދޫއަށް ޚިދުމަތްކުރާ ހީވާގި 30 މީހުންގެ ކޮމިޓީއެއް އުފެއްދުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. މި ކޮމިޓީގެ މަޤްސަދަކީ މީދޫގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރަށުގެ ތަރައްޤީގެ މަސައްކަތްތަކުގައި ގިނަބައެއްގެ ބައިވެރިވުމާއި މަޝްވަރާ ހޯދުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙްމާން، މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި ދާއިރާގެ ކައުންސިލަރ އާމިނަތު ޞާލިޙާ އާއި ބައްދަލުކުރެއްވުމަކީ މީދޫގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި، ކައުންސިލަރަކާއި، އަވަށު އޮފީހުގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަކީ ރަށަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

