އައްޑޫ ސިޓީ މީދޫގައި 'މީދޫ ސްކޫބާ ކްލަބް' ގެ ނަމުގައި އައު ޑައިވް ސެންޓަރެއް ހުޅުވައިފިއެވެ. މި ޑައިވް ސެންޓަރަކީ މީދޫ ކައިރީގައި އޮންނަ ސައުތު ޕާމް ރިސޯޓުގައި ވެސް ޑައިވް ސެންޓަރެއް ހިންގަމުން އަންނަ ސަދަން މޯލްޑިވްސް ޑައިވާސްގެ ފަރާތުން ހުޅުވި ޑައިވިންގ ސެންޓަރެކެވެ.
ސަދަން މޯލްޑިވްސް ޑައިވާސްއިން ހާމަކޮށްފައިވާގޮތުގައި މި އައު ޑައިވް ސެންޓަރުން ޑައިވިންގ އާއި ސްނޯކްލިންގެ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން އެކްސްކާޝަންގެ ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ފަރާތުން ހާމަކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ސަދަން މޯލްޑިވްސް ޑައިވާސްއަކީ ދުނިޔޭގެ ފެންވަރުގައި ޑައިވިންގ ދާއިރާގައި ޝަރަފުވެރި ސެޓްފިކެޓެއް ކަމުގައިވާ ސްކޫބާ ސްކޫލްސް އިންޓަނޭޝަނަލް (އެސްއެސްއައި) ސެޓްފިކެޓް ހާސިލުކޮށްފައިވާ ޑައިވް ސެންޓަރެކެވެ.
'މީދޫ ސްކޫބާ ކްލަބް' އިން މިހާރު ވަނީ ޚިދުމަތް ހޯދުމަށް ބުކިން ހުޅުވާލައިފައެވެ. މި ޑައިވް ސެންޓަރުގެ ޚިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7933088 ނަންބަރާ ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.
މި ޑައިވް ސެންޓަރު ހުޅުވުމާއެކު، އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ޚާއްޞަކޮށް މީދޫގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

