ގަންބުރި މުންގީ މެމޯރިއަލް ފުޓްސަލް ޗެލެންޖް 2025 ގައި ވާދަކުރި ކުޅުންތެރިންނަށް އަމާޒުކޮށް، ރޭ މީދޫ ސްކޫބަރ ކްލަބުގެ ސަރަޙައްދުގައި ޚާއްޞަ ބާބަކިއުއެއް ކުރިއަށް ގެންގޮސްފިއެވެ.
ބާބަކިއު އިންތިޒާމްކުރި ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ހަރަކާތުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ މުބާރާތުގައި ބައިވެރިވި މީދޫ އަދި ހުޅުދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަން ދެމެހެއްޓުމެވެ. މި ބާބަކިއުގައި މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.
" ބާބަކިއު ބޭއްވުމުގެ ބޭނުމަކީ ހަމައެކަނި ކެއުމެއް ނޫން. މިއީ ދެރަށުގެ ޒުވާނުންގެ މެދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫޙާއެކު އެކުވެރިކަން ދެމެހެއްޓުމަށް ބޭއްވުނު ވަރަށް މުހިންމު ހަރަކާތެއް. މިބާބަކިއުގެ ތެރެއިންވެސް މީދޫ އަދި ހުޅުދޫގެ ޒުވާނުންގެ މެދުގައި ފެނުނު އެކުވެރިކަމާއި އެއްބައިވަންތަކަމަކީ އުފާކުރަންޖެހޭ ކަމެއް"
ބާބަކިއު އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި އިއްސޭ މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކުޅިވަރަކީ އެކުވެރިކަން ބަދަހިކޮށް، ދެރަށުގެ ޒުވާނުން ގުޅުވައިދޭ ވަރަށް މުހިންމު ވަސީލަތެކެވެ. މިފަދަ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމުކަމެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

