ސ. އަތޮޅުމަދަރުސާއަށް ޕްރިންސިޕަލަކު ހޯދުމަށް އެޑިއުކެޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިޢުލާންކޮށްފައިވަނީ ސ. އަތޮޅު މަދަރުސާ އަށް ޕްރިންސިޕަލުން ހޯދުމަށް ހުޅުވާލައިފައިވާ ކަމަށެވެ.
ކުރީގެ ޕްރިންސިޕަލް ބަދަލުކުރެއްވުން
ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލްގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ އާމިނަތު ޒީނިޔާއެވެ. ޒީނިޔާއަކީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަދިޒީނިޔާއަކީމިދާއިރާގައިވަރަށްކާމިޔާބުބޭފުޅެއްކަމުގައިވަނީ ބެލެވިފައެވެ.އެހެންކަމުން ޒީނިޔާ މިނިސްޓްރީގެ މަތީ މަޤާމަކަށް ބަދަލުކުރެވިފައިވަނީ އެބޭފުޅާގެ ހުނަރާއި ޤާބިލުކަން ފާހަގަކުރެވިގެންނެވެ.
އިޢުލާނުގެ ތަފްޞީލު
އަތޮޅުމަދަރުސާއަށް ޕްރިންސިޕަލަކުހޯދަން މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މިކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިންނެވެ. ޝަރުޠު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަންވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ.
"އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކީ އެސްކޫލް ހުންނަރަށެއްގެ ތަޢުލީމީ ދާއިރާގެ އެންމެ އިސް ވެރިޔާ، އެހެންކަމުން މި މަޤާމަށް ޤާބިލު ބޭފުޅުން ހޮވުމަކީ ވަރަށް މުހިންމު ކަމެއް. ޚާއްޞަކޮށް އަތޮޅުމަދަރުސާކަހަލަ ބޮޑު ސްކޫލެއްގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދެވޭނެ ލީޑަރޝިޕްގެ ސިފަތައް ހުރި ބޭފުޅަކަށް، އެެހެންކަމުން އެފަދަ ބޭފުޅަކު ހޯދުމަކީ މުހިންމު ކަމެއްކަމެއް "
ތަޢުލީމީ ދާއިރާގައި ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ޝަރީފް ވިދާޅުވިއެވެ.
ޝަރުޠުތަކާއި މުސާރަ
އިޢުލާނުގައިވާ ގޮތުން، އެއްވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:
- ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން
- ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން
- ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުން
މި މަޤާމަށް ހޮވޭ ފަރާތްތަކަށް ލިބޭނެ މުސާރައާއި ޢިނާޔަތްތަކުގެ ތެރޭގައި:
- އަސާސީ މުސާރަ: 16,647 ރުފިޔާ
- އެލަވަންސް: 9,534 ރުފިޔާ
- ހާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3041097) އަށެވެ. އީ-މެއިލް ކުރާނީ (careers@moe.gov.mv) އަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސ. އަތޮޅު މަދަރުސާގައި މިވަގުތު 503 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. މި ސްކޫލްގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

