މިނިވަން ސްޓްރީޓް 2025 ގެ ނަމުގައި މިނިވަން ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން ހުޅުދޫ އަވަށު އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި މިނިވަން ސްޓްރީޓް 2025 ގެ ޗެމްޕިއަންކަން " ވަންޕާމު " ހޯދައިފިއެވެ.
ޖުލައި 26 ވަނަ ދުވަހުގެރޭ ހުޅުދޫ ޓާފް ދަނޑުގައި ކުޅެވުނު ފައިނަލްމެޗްގައި "ޒޮލޮޓްރޯންއެފްސީ " ބަލިކޮށް މުބާރާތުގެ ތަށި ވަންޕާމުން ހޯދާފައި ވަނީ 1 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.
ފައިނަލު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދިޔައިރުވެސް ދެޓީމް 0-0 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖެހިޖެހުމުގައި ކާމިޔާބުކުރެވިފައިވަނީ ވަންޕާމުން ފަރުހާދު ( ފަރާ ) ޖެހި ޕެނަލްޓީ އެކަނިއެވެ.

ފައިނަލްމެޗް ފެށިގެން ނިމެންދެންވެސް " ވަންޕާމުން " ވަރުގަދަ ކުޅުމެއް ކުޅެ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދިނަމަވެސް "ޒޮލޮޓްރޯންއެފްސީ " ކީޕަރު މުގާއާއި އެޓީމްގެ އެހެން ކުޅުންތެރީން ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުމުގެ ސަބަބުން އެޓީމަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާފާޅުކޮށް އިނާމުގެ ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.
ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަންޕާމުގެ ފަރުހާދު (ފަރާ ) އެވެ. އޭނާ އަކީ ފައިނަލްމެޗްގައި ޕެނަލްޓީ ކާމިޔާބުކޮށް ވަންޕާމަށް ތަށި ކަށަވަރުކޮށްދިން ކުޅުންތެރިޔާއެވެ.
މުބާރާތުގެއެންމެ މޮޅު 5 ކުޅުންތެރީން
1- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ ރަމީޒު ( ސޮޑާ )
2- އިބްރާހިމް މުގުސިދު
3-އަލްކު
4-ޒާމިލް
5-މީސަމް
# މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ: ސާލިމު ( ބްރޯ )
# ފެއާޕްލޭ ކުޅުންތެރިޔާ : ޒާހިލް ސަމީއު








ޚަބަރާގުޅޭ ފޮޓޯތައް :ހުޅުދޫ އަވަށުއޮފީސް
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

