ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ސީދާ ތިން ސެޓުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބަލިކޮށް، ފައިނަލްގެ ސީދާ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންގޮސްފައިވަނީ 25-19، 25-15 އަދި 25-16 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ޗިރާގެވެ.
މި މެޗުން މޮޅުވެ ފައިނަލްގެ ޖާގައެއް ސިފައިންގެ ކުލަބުން ހޯދިއިރު، މެޗުން ބަލިވި ދަނޑިމަގު ދެން ޖެހޭނީ ސެމީ ފައިނަލް ތިންވަނަ މެޗުގައި ވާދަކުރާށެވެ.
އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ތިންވަނަ ސެމީގެ ޖާގައެއް ކުލަބު އެޗްޑީސީން ވަނީ ހޯދާފައެވެ.
މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންގޮސްފައިވަނީ 26-24، 28-26 އަދި 25-16 އިންނެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަމުންދަނީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ގައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ދެވަނަ ޓީމު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ތިންވަނަ ސެމީގެ ޖާގައެއް ކުލަބު އެޗްޑީސީން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުވެސް ހުރާއަށް ގެއްލިފައިވަނީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކުންނެވެ. މި ދެ ސެޓު އެޗްޑީސީން ކާމިޔާބުކޮށްފަވަނީ 26-24 އަދި 25-27 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ ޝަމާއިލް ހުސެއިނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

