އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތް 2025 ގެ ހަތަރުވަނަ މެޗުގައި ގޭން ޕޮލިސް އާއި ހިތަދޫ ޕޮލިސް ބައްދަލުކުރިމެޗް ގޭން ޕޮލިސް ކާމިޔާބުކޮށްފިއެވެ.
މީދޫ ޓާފް ދަނޑުގައި ކުޅެވުނު މިމެޗް ގޭން ޕޮލިސް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.
މިމެޗްގައި ގޭން ޕޮލިސް ކާމިޔާބުކުރި ތިން ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިމާހު، އަނޫފު އަދި ހަސަން ނަސީރެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޭން ޕޮލިސްގެ އަހުމަދު ސަމާއިލެވެ.
އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތަކީ އައްޑޫސިޓީގެ އެކި ޕޮލިސް ސްޓޭޝަންގެ ޓީމުތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ފުލުހުންނާއި މުޖުތަމަޢުގެ ގުޅުން ބަދަހިވެ، ކުޅިވަރުގެ ރޫޙު އާލާވާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ޖުމްލަ 5 ޓީމް ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތު ލައިވުން ދައްކަމުން ގެންދާނެ ކަމަށް ވެސް އިންތިޒާމު ކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. މިކަމުގެ ސަބަބުން މުބާރާތް ބަލަން ޝައުޤުވެރިވާ ފަރާތްތަކަށް ގޭގައި ތިބެގެން ވެސް މެޗުތައް ބެލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

