ނަފުރަތު ކުރާ ބައެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމަކީ މޫދު ލޮނަށް ހަކުރު އަޅާ އެފެނުގައި ފޮނިރަހަ ލައްވަން އުޅުން ކަހަލަ ބޭކާރު ކަމެކެވެ. ޚާއްޞަކޮށް މަސައްކަތުގެ މާޙައުލުގައި ދެމޫނު ދައްކާ މީހުންނާއި މުވައްޒަފުންގެ ސަބަބުން ބައެއް އޮފީސްފަދަ ތަންތަނުގައި ނަފުރަތު އުފެދޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ދިރާސާތަކުން ދައްކާގޮތުން، މަސައްކަތުގެ މާޙައުލުގައި ދެމޫނު ދައްކާ މީހުންގެ ސަބަބުން މުވައްޒަފުންގެ މެދުގައި ނަފުރަތާއި ހިތްހަމަނުޖެހުން އުފެދި، އޮފީސްތަކުގެ މަސައްކަތުގެ ފެންވަރު ދަށްވާކަން ފާހަގަކުރެވިފައިވެއެވެ.
ދެމޫނު ދެއްކުމުގެ ނޭދެވޭ އަސަރުތައް
އެޑްމިންދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އާމިނަތު ރަޝީދު ވިދާޅުވިގޮތުގައި، "ދެމޫނު ދައްކާ ސްޕަވައިޒަރުންނަކީ އެއްބަޔަކަށް އެއްގޮތަކަށް ވާހަކަދައްކާ، އަނެއްބަޔަކަށް އަނެއްގޮތަކަށް ވާހަކަދައްކާ ފަރާތްތަކެއްކަމަށެވެ. މިފަދަ ސްޕަވައިޒަރުންގެ ސަބަބުން މުވައްޒަފުންގެ މެދުގައި އިތުބާރު ގެއްލި، ނަފުރަތު އުފެދި، މަސައްކަތުގެ ފެންވަރު ދަށްވެގެންދެއެވެ."
ރަޝީދާ އިތުރަށް ވިދާޅުވީ ދެމޫނު ދައްކާ ސްޕަވައިޒަރުން ތިބޭ ތަންތަނުގައި މުވައްޒަފުންގެ މެދުގައި ނަފުރަތާއި ހިތްހަމަނުޖެހުން އުފެދުމުގެ ނިސްބަތް މަތިކަމަށެވެ. އަދި މިފަދަ ތަންތަނުގައި މަސައްކަތުގެ އުފެއްދުންތެރިކަން ދަށްކަން ފާހަގަކުރެވިފައިވާކަމަށް ރަޝީދާ ވިދާޅުވިއެވެ.
"އެއްބަޔަކަށް އެއްވާހަކައެއް ދައްކާފައި، އަނެއްބަޔަކަށް އަނެއްވާހަކައެއް ދެއްކުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އިތުބާރު ގެއްލި، މަސައްކަތުގެ މާޙައުލު ހަލާކުވެގެންދެއެވެ،" ރަޝީދާ ވިދާޅުވިއެވެ.
ނަފުރަތު ކުރާ ބައެއްގެ ރުހުން ހޯދުމުގެ ބޭކާރުކަން
ނަފުރަތު ކުރާ ބައެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމަކީ ވަގުތާއި ހަކަތަ ބޭކާރުކުރުމެވެ. "ނަފުރަތު ކުރާ މީހުންގެ ނަފުރަތަކީ ގިނަފަހަރަށް އެމީހުންގެ އަމިއްލަ މައްސަލަތަކާއި ގުޅިފައިވާ ކަންކަމެވެ. އެފަދަ ބައެއްގެ ރުހުން ހޯދުމަށް ކުރާ މަސައްކަތްތައް ބޭކާރުވެގެންދާނެއެވެ،" ރަޝީދާ ވިދާޅުވިއެވެ.
"މޫދު ލޮނަަށް ހަކުރު އަޅާ އެފެނުގައި ފޮނިރަހަ ލައްވަން އުޅުން ކަހަލަ" މިސާލުން ދޭހަކޮށްދެނީ، ނަފުރަތު ކުރާ ބައެއްގެ ރުހުން ހޯދުމަށް ކުރާ މަސައްކަތަކީ ކިތަންމެ ބުރަ މަސައްކަތެއް ކުރިޔަސް ނަތީޖާއެއް ނުފެންނާނެ ކަމެއްކަމެވެ.
ތަމްރީން ދިނުން: ސްޕަވައިޒަރުންނަށް ހަރުދަނާ ލީޑަރޝިޕް ސްކިލްސް ދަސްކޮށްދިނުން
"ނަފުރަތު ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ހާމަކަން ބޮޑު، ތެދުވެރި މުޢާމަލާތެވެ. ސްޕަވައިޒަރުން އެއްބަޔަކަށް އެއްގޮތަކަށް، އަނެއްބަޔަކަށް އަނެއްގޮތަކަށް ވާހަކަދެއްކުން ހުއްޓާލަންޖެހެއެވެ،"
ހިއުމަން ރިސޯސް މެނޭޖްމަންޓްގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ މުވައްޒަފުންގެ މެދުގައި ނަފުރަތު އުފެދުމުން، މަސައްކަތުގެ ފެންވަރު ދަށްވެ، އޮފީސްތަކުގެ މަސައްކަތްތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށެވެ.
ނަފުރަތު ކުރާ ބައެއްގެ ރުހުން ހޯދުމަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެއްކަން ތަޖުރިބާކާރުންގެ ދިރާސާތަކުން ދައްކައިދެއެވެ. ޚާއްޞަކޮށް ދެމޫނު ދައްކާ ސްޕަވައިޒަރުން ސަބަބުން މުވައްޒަފުންގެ މެދުގައި ނަފުރަތު އުފެދި ބައެއް އޮފީސްތަކުގެ މާހައުލުގައި އެކަކުއަނެކަކަށް އެއްވެސް އެކުވެރިކަމެއް ނޯވެއެވެ. ނަފުރަތު ހުއްޓުވުމަށް ހާމަކަން ބޮޑު، ތެދުވެރި މުޢާމަލާތްތަކަށް ބާރުއަޅައި، ހުރިހާ މުވައްޒަފުންނަށް އެއްހަމައަކުން މުޢާމަލާތްކުރުމަކީ މުހިންމު ކަމެއްކަން ހިއުމަން ރިސޯސް މެނޭޖް މެންޓްގެ ދާއިރާފައި ފުންނާބު އުސްބޭފުޅުން ފާހަގަކުރައްވައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް