ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫ މީދޫ ކައުންސިލުން އިސްނަގައިގެން ބާއްވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމަށް މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ކޮމިޓީން ހާމަކޮށްފިއެވެ.
މީދޫ ޑަބްލިޔުޑީސީގެ ރައީސާ ނައުމާ އަބްދު ﷲ ވިދާޅުވީ، މަޢުރަޒުގައި ބައިވެރިވުމަށް ވަރަށް ކުރު މުއްދަތެއްގެ ލިބުނު ނަމަވެސް، ކޮމިޓީގެ މެންބަރުން ގުޅިގެން ކުރި މަސައްކަތުން މިހާރު ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ.
"ވަރަށް ވަގުތު ކުޑަކޮށް ލިބުނު ދަޢުވަތު ޤަބޫލުކޮށް އަޅުގަނޑުމެންނަށް ވެވުނު މިންވަރުން މިވަނީ ތައްޔާރުވެފައި،"
ކޮމިޓީގެ މަސައްކަތްތައް ފާހަގަކުރައްވަމުން ނިއުމާ ވިދާޅުވިއެވެ.
މީދޫ ޑަބްލިޔުޑީސީގެ ސްޓޯލުން ފެނިގެންދާނެ ބާވަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ނައުމާ ވިދާޅުވީ، ރަށުގައި އާންމުކޮށް ހައްދާ ބާވަތްތަައް ބޭނުންކޮށްގެން ތައްޔާރުކުރާ ސަގާފީ އެކި ކާނާއާއި ފޮނިކާތަކެތި ހިމެނޭނެ ކަމަށެވެ. މީގެއިތުރުން ޒަމާނީ ރަހަތަކާއެކު އުފައްދާފައިވާ އައު އުފެއްދުންތައް ތަޖުރިބާކޮށްލުމާއި ގަތުމުގެ ފުރުޞަތު ވެސް މަޢުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން މީދޫ ކައުންސިލުން ގިނަ ޙަރަކާތްތަކެއް ރާވާފައިވާއިރު، މި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2026 އިން 17 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

