އައްޑޫ މީދޫ އަވަށު އޮފީހުގެ (މީދޫ ކައުންސިލްގެ) އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކައުންސިލްގެ ޓީމާ އަލަށް ގުޅުނު މުވައްޒަފުންނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މީދޫ ކައުންސިލް އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަޤާމަށް އަލަށް ގުޅިވަޑައިގެންނެވި މުވައްޒަފުންނަކީ:

އާމިނަތު ޝަފްގާ – އެސޯސިއޭޓް ކައުންސިލް އޮފިސަރ
ފާޠިމަތު މަލްދާ ޙަލީމް – އެސޯސިއޭޓް ކައުންސިލް އޮފިސަރ
ޝަމްސުއްނިސާ – އެސޯސިއޭޓް ކައުންސިލް އޮފިސަރ
ޢަފާ އިބްރާހީމް ދީދީ – އެސޯސިއޭޓް ކައުންސިލް އޮފިސަރ
މި ބޭފުޅުން ކައުންސިލްގެ ޓީމާ ގުޅިވަޑައިގަތުމާ ގުޅިގެން، ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންގެ ފަރާތުން ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވައި، މަސައްކަތުގެ މާޙައުލުގައި ކާމިޔާބީއަށް އެދި ހެޔޮއެދުންތައް އަރިސްކޮށްފައެވެ.
އަލަށް ގުޅުނު މި މުވައްޒަފުންނާއެކު، މީދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއަށްވުރެ ހަލުވިވެ، އިދާރީ ގޮތުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.
އަދި މި އައު މުވައްޒަފުންގެ ޢިލްމާއި ހުނަރުގެ ބޭނުން ހިފައިގެން މީދޫގެ ކުރިއެރުމަށާ ރައްޔިތުންގެ ލާބައަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެވޭނެ ކަމަށްވެސް އުއްމީދު ކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

