އައްޑޫ ހުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ޚާއްޞަ ދީނީ ދަރުސެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ހުޅުދޫ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ދަރުސް އޮންނާނީ މިރޭ (އާދިއްތަ ދުވަހުގެ ރޭ) 20:00 ގައި މަސްޖިދު ޛުލައިޚާ ކުރިމަތީގައެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މި ދަރުސްގައި މަޢުލޫމާތު ދެއްވާނީ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިދުރީސް ޙުސައިން ކަމަށް ހުޅުދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވެއެވެ.
މިފަދަ ދީނީ ޕްރޮގްރާމްތަކަކީ މުޖުތަމަޢުގައި ދީނީ ރޫޙު އާލާކޮށް، ދީނީ މަޢުލޫމާތު މުއްސަނދި ކުރުމަށް ވަރަށް މުހިންމު ޕްރޮގްރާމްތަކަކަށް ވުމާއެކު، މި ދަރުސް އަޑުއެއްސެވުމަށްޓަކައި ހުޅުދޫ އަދި މީދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހުޅުދޫ ކައުންސިލުން ވަނީ ވަރަށް ޚާއްޞަ ދަޢުވަތެއް އަރުވާފައެވެ.
ކައުންސިލުން އެދިލައްވަނީ ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުން، ޚާއްޞަކޮށް ޒުވާނުން މި ދަރުސް އަޑުއެހުމަށް ދުރުވެ، ދީނީ ޢިލްމު އުނގެނުމުގެ މި އަގުހުރި ފުރުޞަތުގެ ބޭނުން ހިފުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

