އަންނައަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާއިން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މާދަމާ، 2025 ޑިސެމްބަރ 27 ވާ ހޮނިހިރު ދުވަހު އޮންނާނެއެވެ. މި ޕްރައިމަރީ އޮންނާނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 (4:00) އަށެވެ.
މި ޕްރައިމަރީގައި ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ އަހުމަދު ޝާޠިރު އާއި އާމިނަތު ސާލިހާ އެވެ.
ކައުންސިލް މެންބަރުންގެ ގޮތުގައި ވާދަކުރައްވަނީ ފަސް ބޭފުޅުންނެވެ. އެއީ ހަސަން ހަމީދު، އަހުމަދު މުޖުތަބާ، އަފުޒަލް ރަޝީދު، އިބްރާހިމް މުފީދު އަދި މުހައްމަދު މިފްތާހު އެވެ. މި ފަސް ބޭފުޅުންގެ ތެރެއިން ހޮވުމަށް ހަމަޖެހިފައިވަނީ ދެ މެންބަރުންނެވެ.
މާދަމާ ބާއްވާ މި ޕްރައިމަރީއަށް ކެނޑިޑޭޓުން ދަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރަމުންނެވެ. މިގޮތުން، ބައެއް ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މާލެއިން ވެސް ގިނަ އަދަދެއްގެ މީހުން ރަށަށް ވަނީ ގެނެސްފައެވެ. އަދި މިއަދާއި މިރޭ ވެސް އިތުރު މީހުން ރަށަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.






ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

