ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް” ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެ، އެ ސަފާރީގައި ތިބި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ފަޅުވެރިން ސަލާމަތްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް “ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމަުގެ މައުލޫމާތު 2025 ޑިސެންބަރު 24 ވާ ދުވަހުގެ 17:54 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ސަލާމަތް ކުރެވުނު މީހުންގެ ތެރޭގައި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ހިމެނެ އެވެ.
ރޯވި އިރު ސަފާރީގައި ތިބި 17 ފަތުރުވެރިންގެ ތެރޭގައި 5 ފިރިހެނުންނާއި 12 އަންހެނުން ހިމެނެ އެވެ. އަދި ފަޅުވެރިންގެ ތެރޭގައި 3 ދިވެހިންނާއި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެއް ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ކުރަމުން ކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

