އައްޑޫސިޓީ ކައުންސިލްގެ ހުޅުދޫ އަވަށު އޮފީހުގެ މެމްބަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ކ. އަތޮޅުގެ 3 ރަށަކަށް ވަޑައިގެންފި އެވެ. މި ދަތުރުގައި ހުޅުދޫ ކައުންސިލްގެ މެމްބަރުން ކ. އަތޮޅަށް ވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ހުޅުދޫ އަވަށު އޮފީހުގެ ކައުންސިލްގެ މިޓީމު ކ. އަތޮޅުން ޒިޔާރަތްކޮށްފައިވަނީ 3 ރަށަކަށް އެވެ. އެއީ ހުރާ، ތުލުސްދޫ، މާފުށި އެވެ. މި ދަތުރުގައި މިތިން ރަށުގެ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ގާތުން ބަލައި ތަޖުރިބާ ވަނީ ހޯދާފައެވެ.
އަދި މި 3 ރަށުގެ ކައުންސިލާއެކުވެސް ރަސްމީ ބައްދަލުވުންތައް ކުރިޔަށް ގެންދެވުނެވެ.

ހުޅުދޫ ކައުންސިލް އިދާރާއިން މިދަތުރުގައި ވަޑައިގެންނެވި ޓީމުގައި އިސްކޮށް ހުންނެވީ ކައުންސިލް އެގްޒެކްޓިވް މޫސާ ސިއްދީގު އެވެ. މީގެ އިތުރަށް ކައުންސިލްގެ އިދާރާގެ 18 މެމްބަރުން މިދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ތަޖުރިބާ ހޯދުމުގެ މިދަތުރާއި ބެހޭގޮތުން މޫސާ ސިއްދީގު ވިދާޅުވީ، ޒިޔާރަތް ކުރެވުނު 3 ރަށަކީވެސް ރަށު ކައުންސިލް ހިންގަމުންދާ ތިން ރަށަށް ވުމާއެކު، ހުޅުދޫ ވެސް ރަށު ކައުންސިލަކަށް ބަދަލުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރެވުނުކަމަށެވެ.

"ތިން ރަށުގައިވެސް ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކޮށްގެން، ތިން ރަށުގައިވެސް ފުޅާދާއިރާއެއްގައި އެކުންފުނީގެ ބެލުމުގެ ދަށުން ލޯކަލް ޓުއަރިޒަމް އެތިން ރަށުގައި ހިންގާ. އަދި ކައުންސިލަށް އާމްދަނީ ލިބޭ ގިނަ ކަންތައްތައް ރާވާ ހިންގަމުންދޭ "
މޫސާ ސިއްދީގު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

