މިއުޞޫލު ކަމުނުގޮސްގެން އެކަމަށް ވަކާލާތުކޮށް ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެދިގެން ދިޔައެވެ. ހުޅުދޫ-މީދޫއަށް ލިބުނީ ސިޓީ ކައުންސިލްގެ ދަށުން ހިންގުމުގެ ނިޒާމެވެ. މިގޮތުން، ރަށް ހިންގަން ޖެހުނީ އަތޮޅު އޮފީސްތައް ހުރިއިރުވެސް އޮންނަ އުޞޫލުން ސިޓީ ކައުންސިލްގެ ދަށުންނެވެ.

މިހެން އޮތުމުން ބޭނުންވާ ކަންކަން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހުނެވެ. މިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުގައި އެދުމުން، ސަރުކާރުން ފުރުޞަތު ދެއްވިއެވެ. މިގޮތުން، ސިޓީ ކައުންސިލްގެ އަވަށަކުން ރަށަކަށް ބަދަލުވުމުގެ ފުރުޞަތު މިވަނީ ލިބިފައެވެ.
"ރަށު ކައުންސިލްތައް އުފެދުމާއެކު، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ,"
ހުޅުދޫގެ ދިރިއުޅުއްވާ އިސްރަށްވެއްސަކު ވިދާޅުވިއެވެ.
ރަށު ކައުންސިލް ހިންގުމަށް ކުރިމަތިލާ ފަރާތްތަކަކީ އެކަމަށް ޤާބިލް ބޭފުޅުންނަށް ވުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ބޭފުޅުން ހޮވުމަކީވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ. އެހެންނޫންނަމަ، ކައުންސިލްގެ އަވަށެއްގެ ގޮތުގައި އޮތުމަށްވުރެ ނިކަމެތިކަން ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި އަލަށް ފަށައިގަންނައިރު މިކަމުގެ ދަތިތައް މާބޮޑަށްވެސް ކުރިމަތިވާނެކަމަށް ލަފާކުރެވެއެވެ.
އަޅުގަނޑުމެން ވިސްނަންޖެހޭނީ ރަށުގެ މުސްތަޤްބަލަށް. ކައުންސިލަރުންގެ ގޮތުގައި ހޮވަންޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާނެ ބޭފުޅުން,"
މީދޫގެ އަންހެނުންގެ ބޭފުޅަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ރަށްޔިތުން މިކަމާމެދު ވިސްނައި، ރަށްޓެހިންނާއި ތިމާގެ މީހުން އަދި އެބަޔަކު ސަޕޯޓް ކުރާ ޕާޓީން ކުރިމަތިލާ މީހުންނަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ބަޔަކަށް ވޯޓް ދިނުމުގެ ބަދަލުގައި ސަރުކާރަށް ތާއީދު ކުރައްވާ ޕާޓީގެ ޤާބިލް މީހަކަށް ވޯޓް ދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އެހެންނޫންނަމަ، ފަހުން ހިތާމަކުރަންޖެހިދާނެކަމަށް ބެލެވެއެވެ.
ކުރީގެ ރަށު އޮފީސް ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތަޖުރިބާއަކީ މިއަދުގެ ކައުންސިލްތަކަށްވެސް މުހިންމު ފިލާވަޅުތަކެއް ލިބިގަނެވިދާނެ ކަންކަމެވެ. އެބޭފުޅުން ދުވަސްވަރެއްގައި ރަށުގެ ކަންކަން ހިންގެވި ގޮތާއި، ދިމާވި ގޮންޖެހުންތަކާއި، އެކަންކަމަށް ހޯއްދެވި ޙައްލުތަކުން ފިލާވަޅު ލިބިގަތުމަކީ މުހިންމު ކަމެކެވެ.
"ކުރީގެ ބޮޑުކަތީބުން އަދި ރަށު އޮފީސް ހިންގެވި ބޭފުޅުން ގެންގުޅުއްވި ހަރުދަނާ އުސޫލުތަކަކީ މިއަދުވެސް އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ ކަންކަން. އެބޭފުޅުންގެ ތަޖުރިބާއިން ފައިދާ ހޯދަން އެބަޖެހޭ,"
ހުޅުދޫގެ އިޖުތިމާޢީ ކަންކަމުގައި ޙަރަކާތްތެރިވާ ބޭފުޅަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
ރަށު ކައުންސިލްތައް އުފެދުމާއެކު، ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ބެލެވެއެވެ. ނަމަވެސް، މިކަން ކާމިޔާބުވާނީ ރަނގަޅު ލީޑަރޝިޕަކާއެކު، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންނެވެ.
ކައުންސިލް އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ރައްޔިތުން، ރަށުގެ މުސްތަޤްބަލަށް ވިސްނައި، ޤާބިލް އަދި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާނެ ސަރުކާރާގެ ސިޔާސަތު ތަކަށްތާއީދު ކުރައްވާ ބޭފުޅުން ހޮވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.
ރަށު ކައުންސިލްތައް އުފެދުމާއެކު، ރަށްރަށުގެ ތަރައްޤީއަށް އައު ފެށުމެއް ލިބިގެންދާނެއެވެ. ނަމަވެސް، މިކަން ކާމިޔާބުވާނީ ރައްޔިތުންގެ ޒިންމާދާރު ޙިއްޞާއާއެކުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

