ސްޕެނިޝް ލީގުގައި ރޭ ރެއާލްބެޓިސްގެ ދަނޑުގައި ކުޅެވުނު ފޯރިގަދަ މެޗެއްގައި، ޓޮރޭސްގެ ހެޓްރިކާއެކު ފަހަތުން އަރާ ފަސް ލަނޑު ޖަހައިގެން ރެއާލްބެޓިސްގެ މައްޗަށް ބާސެލޯނާ 5-3 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.
މި މެޗުގައި ރެއާލްބެޓިސްއިން ލަނޑު ޖަހާ ލީޑު ހޯދާފައިވަނީ މެޗްގެ 6 ވަނަ މިނިޓްގައެވެ. އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެންތޮނީއެވެ. ނަމަވެސް މެޗްގެ 11 ވަނަ މިނިޓްގައި ޓޮރޭސް ވަނީ ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ދެ މިނިޓް ފަހުން، މެޗްގެ 13 ވަނަ މިނިޓްގައި ބާސެލޯނާގެ ދެވަނަ ލަނޑުވެސް ޓޮރޭސް ކާމިޔާބުކުރިއެވެ.
ބާސެލޯނާގެ ލަނޑުތަކުގެ ތެރެއިން 3 ވަނަ ލަނޑު މެޗްގެ 31 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބާޑްގުޖީއެވެ. އަދި ބާސެލޯނާގެ 4 ވަނަ ލަނޑު މެޗްގެ 40 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީ ޓޮރޭސް ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 4-1 އިން ބާސެލޯނާ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފަށައިގެން ބާސެލޯނާގެ 5 ވަނަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޔަމާލްއެވެ.
ނަމަވެސް ރެއާލް ބެޓިސްއިން މިމެޗްގައި ކާމިޔާބުކުރި 2 ވަނަ ލަނޑު 85 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލޮރެންޓޭއެވެ. އަދި އެޓީމުގެ 3 ވަނަ ލަނޑު މެޗްގެ 90 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކޫޗޯއެވެ.
މި މެޗުން ބާސެލޯނާ މޮޅުވުމުން 16 މެޗުން 40 ޕޮއިންޓް ލިބިގެން ބާސެލޯނާ ވަނީ ލީގު ތާވަލުގެ 1 ވަނާގައެވެ.
މި މެޗުން ބަލިވި ރެއާލްބެޓިސްއަށް 15 މެޗުން 24 ޕޮއިންޓް ލިބިގެން އެޓީމަށް ލިބިފައިވަނީ ޓޭބަލްގެ 5 ވަނައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

