އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާގެ ދަނޑުގައި ކުޅެވުނު ، މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި ކާމިޔާބުކުރި ލަނޑާއެކު 2 ލަނޑު 1 ލަނޑުން އާސެނަލް ބަލިކޮށް އެސްޓަން ވިލާއިން ވަނީ މުހިންމު ތިން ޕޮއިންޓް ހޯދާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެގީ 36 ވަނަ މިނިޓްގައި ކޭޝް ޖެހި ލަނޑުން އެސްޓަން ވިލާއިންނެވެ. އޭގެ ފަހުން އާސެނަލުން ނަތީޖާ އެއްވަރުކުރި ލަނޑު 52 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޓްރޮސާޑްއެވެ.
ނަމަވެސް އެސްޓަން ވިލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު ކާމިޔާބުކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި، 95 ވަނަ މިނިޓްގައި، ބުއެންޑިއާއެވެ.
މި މެޗުން އާސެނަލް ބަލިވުމާއެކު، 15 މެޗުން އެޓީމަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އަދި މި މެޗު ކާމިޔާބުކުރި އެސްޓަން ވިލާއަށް 15 މެޗުން 30 ޕޮއިންޓް ލިބިފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

