2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވަން، ފެނަކަ ކޯޕަރޭޝަން މަރަދޫފޭދޫ ބްރާންޗްގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުފީދު ނިންމަވައިފިއެވެ.
މިކަމާ ގުޅިގެން މުފީދު ވިދާޅުވީ، ކައުންސިލް މެމްބަރުކަމަށް އިންތިޚާބުވެއްޖެނަމަ، މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށާއި، އިއްވާނީ ރައްޔިތުންގެ ބަސް ކަމަށެވެ. އަދި، ތެދުވެރިކަމާއި އިޚްލާސްތެރިކަން އަބަދުވެސް އިސްކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިބްރާހިމް މުފީދަކީ، މިވަގުތު ފެނަކަ ކޯޕަރޭޝަންގެ މަރަދޫފޭދޫ ބްރާންޗްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ފެނަކަ ކޯޕަރޭޝަންގެ މި މަގާމަށް ބަދަލުވުމުގެ ކުރިން، މަރަދޫ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުރުމުގެ މަސައްކަތްވެސް ވަނީ ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

