އައްޑޫ ސިޓީ ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުގައި، މީދޫގެ ކްލަބް ލޮތާރިން ފޭދޫ ފާހީ ސްޕޯޓްސް ކްލަބް ބަލިކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މިމެޗް ކްލަބް ކޮލޮތާރިން ކާމިޔާބުކުރީ ފާހީ ސްޕޯޓްސް ކްލަބްގެ މައްޗަށް 7 ލަނޑު 0 ލަނޑުން ކުރިހޯދައިގެންނެވެ.
މެޗް ފެށުނީއްސުރެ ކްލަބް ކޮތަރިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ފުރަތަމަ ހާފްގައި އެޓީމުން ވަނީ 3 ލަނޑު ޖަހައި ކުރި ހޯދާފައެވެ. ދެވަނަ ހާފަށް ނުކުމެ، ފާހީ ސްޕޯޓްސް ކްލަބަށް އެއްވެސް ލަނޑެއް ޖަހަން ފުރުސަތު ނުދީ،ލޮތަރިން ވަނީ އިތުރު 4 ލަނޑު ކާމިޔާބުކޮށްފައެވެ.
މިމެޗްގައި ލޮތާރިން ކާމިޔާބުކުރި 7 ލަނޑުގެ ތެރެއިން އިޔާން ހަސަން 3 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު މުހައްމަދު ފާސިރުވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރަށް އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ މިޝަލްއާއި އަޒާންއެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ލޮތަރި ޓީމްގެ ފޯވާޑް އިޔާން ހަސަން އެވެ. އިޔާން ވަނީ މިމެޗްގައި ހެޓްރިކް ހަދައި، މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލޮތާރިން މިމުބާރާތުގައި ބައިވެރިކޮށްފައިވާ ޓީމް ތައްޔާރުކޮށްފައިވަނީ މީދޫގެ ކުޅުންތެރިންނާއި، ހުޅުދޫގެ ޒުވާން ކުޅުންތެރިން ވެސް ހިމަނައިގެންނެވެ. މިގޮތުން، އެޓީމުގައި ހުނަރުވެރި ޒުވާނުން ކުޅުންތެރީން ހިމެނުމަކީ އެޓީމުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރާނެކަމެއްކަމަށް ބެލެވެއެވެ.

މި މެޗަށް ލޮތާރި ނުކުތްއިރު އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ސަހާފަށް މެޗަށް ހާޒިރުވެވޭގޮތް ނުވުމުން އޭނާ ޓީމުގައި ހިމެނިފައެއް ނުވެއެވެ. ނަމަވެސް ސަހާފް އެޓީމް ދެން ކުޅޭމެޗެއްގައި ބައިވެރިވާނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

