މީދޫގައި ހަރަކާތްތެރިވާ ކްލަބް ލޮތާރިން، އެ ކްލަބަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވާ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު) އަށް ޝުކުރު ދަންނަވައިފިއެވެ.
ކްލަބް ލޮތާރިން ޝާހިދުއަށް ޝުކުރު ދަންނަވާފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ލިއުމެއްގައެވެ. އެލިއުމުގައި ދަންނަވާފައިވަނީ، އެމްޕީ ޝާހިދުގެ އެހީތެރިކަމާއި، ކުޅިވަރުގެ ރޫޙު އާލާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި އެ ކްލަބުގެ ހަރަކާތްތައް ކުރިއެރުވުމަށް އެމަނިކުފާނު ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވާކަމަށެވެ. އަދި ޝާހިދަކީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރުކަމުގެ އިތުރުން، ޝާހިދުގެ ދާއިރާގެ ޒުވާނުންނާއި ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއްކަން ކްލަބް ލޮތާރިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ކްލަބް ލޮތާރިން ވަނީ އައްޑޫސިޓީ ކައުންސިލްއިން އިންތިޒާމުކޮށްގެން އިއްޔެ ފެށި ފުޓްބޯޅަ މުބާރާތުގައި ހުޅުދޫއާއި މީދޫގެ ޒުވާނުން އެއް ޓީމެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު އެކީގައި މަސައްކަތްކޮށް މުބާރާތުގައި ބައިވެރިވެފައިވާކަންހާމަކޮށްފައެވެ.
މި އެއްބައިވަންތަކަމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށް އެ ކްލަބުން ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުޅިވަރުގެ ދާއިރާއިން އާ ކާމިޔާބީތަކެއް ހާސިލުވާނެ ކަމަށް އުންމީދުކުރާކަމަށްވެސް ކްލަބް ލޮތާރިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

