މީދޫ ގޮޑުދޮށް ގިރަމުންދާ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިހާރަށްވުރެ ބޮޑަށް ގެނައުމުގެ ބޭނުމުގައި ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމަށް މިމަހު 16 ވަނަ ދުވަހު ނަލަފެހި ޖަމްޢިއްޔާއިން މީދޫ ބުރިކެޑެމަގި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
މިއީ ހަމައެކަނި ޖަލްސާއެއް ބޭއްވުމަށްވުރެ މާ މުހިއްމު މަޤްޞަދެއްގައި ބޭއްވުނު ޖަލްސާއެެކެވެ. މި ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ މައިގަނޑު ބޭނުމަކީ، މީދޫ ގޮޑުދޮށް ގިރުމުގެ މައްސަލައިގެ ޙަޤީޤީ ކަންބޮޑުވުން ދައްކުވައިދީ، މިކަމުގެ ސީރިއަސްކަން ކަމާބެހޭ ފަރާތްތަކަށް އަންގައިދިނުމެވެ.

މިޖަލްސާގައި ގޮޑުދޮށް ގިރުމުގެ ސަބަބުތަކާއި، އޭގެ ނޭދެވޭ އަސަރުތަކާއި، އަދި މިކަމަށް ޙައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވި، ގަރާރެއްވެސް ވަނީ ފާސްކުރެވިފައެވެ. މި ގަރާރުގައި މީދޫގެ ގޮޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.
ސ. މީދޫގެ ގޮޑުދޮށުން އެންމެ ބޮޑަށް ގިރަމުންދާ ބުރިކެނޑެމަގި ސަރަހައްދުގެ ޙާލަތު ވަރަށް ކަންބޮޑުވާންޖެހޭ ދަރަޖައަށް މިހާރުވަނީ ގޮސްފައިވެއެވެ. މި ސަރަހައްދުން ރުއްގަސް ވެއްޓި، ފަސްގަނޑު ކަނޑައިގެންގޮސް، ދަތުރުކުރުމަށް ހެދިފައިވާ މަގުވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެހެންކަމުން މީދޫގެ ޙާލަތު މިހާރު ވަނީ ވަރަށް ނާޒުކު ހިސާބަކަށް ގޮސްފައެވެ. މިއީ ރަށުގެ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ.
މީދޫގެ ގޮޑުދޮށް ގިރުމުގެ މައްސަލައަށް ޙައްލެއް ނުހޯދި ގިނަ ދުވަސްވެއްޖެނަމަ، ގިރަމުންދާ ސަރަހައްދުގައިވާ އޮޅު ހިމެނޭ ސަރަހައްދާއި ދަނޑުވެރިކަން ކުރަމުން އަންނަ ސަރަހައްދަށް ގެއްލުންތަކެއް ލިބި، ރަށުގެ އިޤްތިޞާދަށް އަދި އާންމު ރައްޔިތުން ދިރިއުޅުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

މީދޫގެ ދަނޑުވެރިކަމަކީ ރަށުގެ އިޤްތިޞާދުގެ މުހިންމު ބައެކެވެ. ގިނަ ރައްޔިތުން ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާއިރު، ދަނޑުބިންތަކަށް ގެއްލުން ލިބުމަކީ ރަށުގެ އިޤްތިޞާދަށް ކުރާނެ ވަރަށް ބޮޑު ނޭދެވޭ އަސަރެކެވެ. އެހެންކަމުން، މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މި މައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ މީދޫގެ ދަނޑުބިންތަކަށާއި އޮޅުބިންތައް ނެތިގެން ދިއުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އެހެންކަމުން މިއީ މީދޫއަށް ކުރިމަތިވެފައިވާ ވަރަށް ބިރުވެރި ކަމެކެވެ.

ގޮޑުދޮށް ގިރުމުގެ މައްސަލައަކީ ހަމައެކަނި ސ. މީދޫއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫނެވެ. މިއީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުމެކެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިފަދަ މައްސަލަތައް އިތުރުވަމުން އަންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެންކަމުން، މި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަދި މީދޫގެ ގޮޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ރަށުގެ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

