ފޯރިގަދަ އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތް 2025 ގައި ރޭގައިވެސް ދެމެޗެއް ކުޅެފައިވެ އެވެ. އެ މެޗުތައް ކާމިޔާބުކޮށްފައިވަނީ ކޮމްބައިން ފުޓްބޯޅަ ކްލަބާއި ހުޅުމީދޫ ޕޮލިސްއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗް ނިމި ގެންގޮސްފައިވަނީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗްގައި ކޮމްބައިން ފުޓްބޯޅަ ކުލަބުން ކާމިޔާބުކުރި ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމް އަހުމަދާއި އިބްރާހިމް މުޒާމިލްއެވެ.
ހުޅުމީދޫ ޕޮލިސްއިން ކާމިޔާބުކުރި ދެލަނޑު ކާމިޔާބުކޮށްދިނީ ހުސެން ފައިސަލްއާއި އަހުމަދު ޝިފާޒެވެ.
މި މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ހުޅުމީދޫ ޕޮލިސްގެ ހުސެން ފައިސަލްއެވެ.

މިމުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗްގައި ބައްދަލުކުރީ ހިތަދޫ ޕޮލިސްއާއި ޔުނައިޓެޑް ކޮމްބައިން ފުޓްބޯޅަ ކުލަބެވެ. މިމެޗް 5 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ހިތަދޫ ޕޮލިސްއެވެ.
ހިތަދޫ ޕޮލިސްއިން މިމެޗްގައި ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން 2 ލަނޑު ނިއުޝާދު އަލީ ކާމިޔާބުކޮށްދިން އިރު އަނެއް 3 ގޯލް ކާމިޔާބުކޮށް ދީފައިވަނީ އަހުމަދު ޒާހިރު ، އަދި ހަމްޒަތު މުހައްމަދުގެ އިތުރަށް މުއާވިޔަތު އަލީއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ ޕޮލިސްގެ ނިއުޝާދު އަލީއެވެ.

މިމުބާރާތުގެ ދެމެޗް މިރޭވެސް ކުޅުމަށް މިރޭވެސް ވަނީ ހަމަޖެހިފައެވެ.
އައްޑޫސިޓީ ޕޮލިސް ފުޓްސަލް މުބާރާތަކީ އައްޑޫސިޓީގެ އެކި ޕޮލިސް ސްޓޭޝަންގެ ޓީމުތަކުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ސަބަބުން ފުލުހުންނާއި މުޖުތަމަޢުގެ ގުޅުން ބަދަހިވެ، ކުޅިވަރުގެ ރޫޙު އާލާވާނެ ކަމަށް އުއްމީދު ކުރެވެއެވެ.
ޖުމްލަ 5 ޓީމް ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތު ލައިވުން ދައްކަމުން ގެންދާނެ ކަމަށް ވެސް އިންތިޒާމު ކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. މިކަމުގެ ސަބަބުން މުބާރާތް ބަލަން ޝައުޤުވެރިވާ ފަރާތްތަކަށް ގޭގައި ތިބެގެން ވެސް މެޗުތައް ބެލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް