ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި އިންތިޚާބު ކުރެވުނު އެ ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ހިންގާ ކޮމިޓީގެ މުހިންމު މަޤާމަކަށް ޕީއެންސީ އައްޑޫ މީދޫ ދާއިރާގެ ރައީސް ޔަމްނާ ވަހީދު އިންތިޚާބުވެއްޖެއެވެ.
ޕީއެންސީ ކޮންގްރެސްގެ ތެރެއިން އަންހެނުންގެ ޙަރަކާތްތައް ރާވާ ހިންގުމަށް އެކުލަވައިލި ހިންގާ ކޮމިޓީއަށް ޔަމްނާ ވަހީދު ހޮވިވަޑައިގަތުމަކީ އައްޑޫ މީދޫގެ އިތުރުން ޕާޓީގެ އަންހެނުންގެ ދައުރު ފުޅާކުރުމަށް ލިބުނު ވަރަށް ބޮޑު ބާރެކެވެ.
ޔަމްނާ ވަހީދަކީ ސިޔާސީ މައިދާނުގައި، ޚާއްޞަކޮށް އައްޑޫ މީދޫ ދާއިރާގައި ޕީއެންސީގެ ސިޔާސަތުތައް ކުރިއެރުވުމުގައި ވަރަށް އިސްނަންގަވައިގެން، ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޑޫ މީދޫ ދާއިރާގެ ރައީސްގެ މަޤާމު ޔަމްނާއަށް ލިބިލެއްވުމުން ދާއިރާގެ ރައްޔިތުންނާއި ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމަށް އޭނާ ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ޔަމްނާ އިންތިޚާބުވުމާ ގުޅިގެން، ޕާޓީގެ އިސް ލީޑަޝިޕުންނާއި އެކި ދާއިރާތަކުގެ މެންބަރުން ދަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ.
މި އިންތިޚާބާއެކު، ޤައުމީ ފެންވަރުގައާއި ޕާޓީގެ އެތެރޭގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޔަމްނާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަންހެނުންގެ ޙަރަކާތްތައް ރާވާ ހިންގުމަށް އެކުލަވައިލި ހިންގާ ކޮމިޓީއަށް ޔަމްނާ ވަހީދު ހޮވިވަޑައިގެންނެވުމުގެ އިތުރަށް އައްޑޫމީދޫ ދާއިރާގެ ޕީއެންސީގެ ރައީސްގެ މަގާމްގެ ހައިސިއްޔަތުން
ޕީއެންސީގެ ސެނެޓްގެ މެމްބަރަކަށްވެސް ޔަމްނާވަނީ ހޮވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

