މީދޫ އެކުވެރިންގެ ޗޭނު ޖަމްއިއްޔާއާއި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ ގުޅިގެން އިންތިޒާމުކުރާ "ދެކުނުއަށި" މަހާސިންތާ އިއްޔެ ސ. އަތޮޅު މަދަރުސާގައި ރަސްމީކޮށް ފަށައިފިއެވެ.
މި މަހާސިންތާ ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި މަހާސިންތާގައި އައްޑޫ ސިޓީގެ އެކި އަވަށްތަކުންނާއި، ހުޅުދޫ އަދި މީދޫގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްރަށުން ވެސް މީހުން ބައިވެރިވެފައިވެއެވެ.
މިމަހާސިންތާގެ ފުރަތަމަ ދުވަހު ބައިވެރިންނަށް މުހިއްމު ތިން ދާއިރާއަކުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އެގޮތުން:
# ގެވެށި އަނިޔާއިން ރައްކާތެރިވުން:
ގެވެށި އަނިޔާއާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، އެފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ ހެޑް އޮފް ސައުތު ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އަޙްމަދު ޝާކިރެވެ.
# ސައިބަރ ސޭފްޓީ އަދި ޑިޖިޓަލް އަހުލުވެރިކަން:
ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުމާއި، ސައިބަރ ސޭފްޓީ އިރުޝާދުތަކާ ގުޅޭ މަޢުލޫމާތު ދެއްވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝުހާދު ސަޢީދެވެ.
# ދުޅަހެޔޮ ދިރިއުޅުން:
ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އާދަކާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ރައްކާތެރިވުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވީ ހީޓް ހެލްތު އެންޑް ފިޓްނަސްގެ ސީ.އީ.އޯ އަދި ދަ ވެލްސަން ކްލަބްގެ އެމް.ޑީ އާއިޝަތު ޝިފާނާ ވަޖީހެވެ.
މި މަހާސިންތާގެ ދެވަނަ ދުވަހުގެ ހަރަކާތްތައް މިއަދު ހެނދުނު 7:30 ގައި ފަށާފައިވާއިރު، މިއަދުވެސް ބައިވެރިންނަށް ބޭނުންތެރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާއަކީ މުޖުތަމަޢުގެ ބަދަހިކަމާއި ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިއްމު ހަރަކާތެކެވެ.
މީދޫ އެކުވެރިންގެ ޗޭނު ޖަމްއިއްޔާއާއި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ ގުޅިގެން އިންތިޒާމުކުރާ "ދެކުނުއަށި" މަހާސިންތާގެ ތެރެއިން

ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިވުމާއި، ސައިބަރ ސޭފްޓީ އިރުޝާދުތަކާ ގުޅޭ މަޢުލޫމާތު ދެއްވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝުހާދު ސަޢީދު.
ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އާދަކާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ރައްކާތެރިވުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވީ ހީޓް ހެލްތު އެންޑް ފިޓްނަސްގެ ސީ.އީ.އޯ އަދި ދަ ވެލްސަން ކްލަބްގެ އެމް.ޑީ އާއިޝަތު ޝިފާނާ ވަޖީހު.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް