މީދޫ ދާއިރާގެ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ އަޙުމަދު ޝާޠިރުގެ މަންމަ، އާމިނަތު ދީދީ (89އ) މިއަދު ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އާމިނަތު ދީދީ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އާމިނަތު ދީދީ ނިޔާވިއިރު، ދުނިޔޭގައި އޭނާގެ 6 ދަރިން އެބަ ތިއްބެވެ.
Advertisement
އާމިނަތު ދީދީގެ ޖަނާޒާ އާއި ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތް (މަސްޖިދު ޒައިދު ބިން ޘާބިތް) ގައެވެ.
މަރުޙޫމާ އާމިނަތު ދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރަމެވެ. އާމީން.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

