އެފް.އޭ ކަޕް ސެމީ ފައިނަލްގައި ސައުތެމްޕްޓަންއާ ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ، މެންޗެސްޓަރ ސިޓީން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއީ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީން ޖާގަ ހޯދައި، އާ ރެކޯޑެއް ގާއިމުކުރި ފަހަރެކެވެ.
މި މެޗުގެ ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ދެވަނަ ޑިވިޜަންގެ ސައުތެމްޕްޓަންއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 79 ވަނަ މިނިޓްގައި އެފް އަޒާޒްއެވެ. ނަމަވެސް، 82 ވަނަ މިނިޓްގައި ޖޭކޯޑޫ ކާމިޔާބުކޮށްދިންލަނޑާއި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް 87 ވަނަ މިނިޓްގައި ނިކޯ ގޮންޒާލޭޒް ކާމިޔާބުކޮށްދިން ލަނޑާއެކު ސިޓީން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ. މި މޮޅާއެކު، އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައިވާ ސިޓީއަށް، ޕްރިމިއަރ ލީގާއި އެފް.އޭ ކަޕް ހިމެނޭހެން މި ސީޒަނުގެ ތިން ތަށި (ޓްރެބަލް) ކާމިޔާބުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
މެޗުގެ ފޮޓޯތަކުގެ ތަފްސީލު:








ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

