ސްޕެއިންގެ ހުނަރުވެރި ފޯވާޑް ލަމީން ޔަމާލްއަށް ބާސެލޯނާގެ މި ސީޒަނުގައި ބާކީ ހުރި މެޗުތައް ގެއްލުނު ނަމަވެސް، ކުރިއަށް އޮތް ވޯލްޑް ކަޕް ފެށުމުގެ ކުރިން އޭނާ ފިޓްވާނެ ކަމަށް އުންމީދު ކުރެވޭކަމަށް ބާސެލޯގެ މެޑިކަލްޓީމުން ބުނެފިއެވެ.
🚨 OFFICIAL STATEMENT FROM LAMINE YAMAL:
Advertisement"This injury leaves me off the pitch at the moment I wanted to be there the most, and it hurts more than I can explain."
"It hurts not being able to fight alongside my teammates, not being able to help when the team needs me. But I… pic.twitter.com/6fvDkheNbs
— Lamine Xtra (@Yamal_Xtra) April 23, 2026
އުމުރުން 18 އަހަރުގެ ޔަމާލްގެ ވާތު ފައިގެ ހޭމްސްޓްރިންގަށް އަނިޔާވީ، ބުދަ ދުވަހު ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅެ 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައެވެ.
މެޗުގެ 40 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބާސެލޯނާއަށް ލީޑު ހޯދައިދިނުމަށްފަހު، އޭނާ ވަނީ ވަގުތުން ބެންޗަށް އިޝާރާތްކޮށް، ވާތު ފައިގައި ހިފަހައްޓައިގެން ދަނޑުމައްޗަށް ވެއްޓިފައެވެ. އޭނާ ދަނޑުން ބޭލީ މެޑިކަލް ޓީމުގެ އެހީތެރިކަމާއެކުގައެވެ.
ބުރާސްފަތި ދުވަހު ކްލަބުން މި އަނިޔާ ކަށަވަރުކޮށްދެމުން ބުނެފައިވަނީ، ޔަމާލް ފަރުވާ ހޯދާނީ އޮޕަރޭޝަނަކާ ނުލައި ކަމަށާއި، މި ސީޒަނުގެ ބާކީ ހުރި ލީގު މެޗުތައް އޭނާއަށް ގެއްލޭނެ ކަމަށެވެ. ނަމަވެސް ވޯލްޑް ކަޕަށް އޭނާ އެނބުރި އަންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ކްލަބުން ހާމަކޮށްފައިވެއެވެ.
އަނިޔާއާ ގުޅޭގޮތުން ޔަމާލް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ، "މި އަނިޔާގެ ސަބަބުން ދަނޑުމަތިން ބާކީވާން މިޖެހުނީ އެންމެ ބޭނުންވި ވަގުތުގައެވެ. މިއީ ބަޔާންކޮށްދޭން ނޭނގޭ ފަދަ ބޮޑު ހިތާމައެކެވެ. ޓީމުގެ އެކުވެރިންނާއެކު ކުޅެން ނުލިބުމާއި، ޓީމަށް އެންމެ ބޭނުންވި ވަގުތު އެހީތެރިނުވެވުމަކީ ލިބޭ ވަރަށް ބޮޑު ދެރައެކެވެ. ނަމަވެސް އަހަރެން ޓީމަށް އިތުބާރު ކުރަމެވެ. ކޮންމެ މެޗެއްގައިވެސް އެކުޅުންތެރިން މުޅި ހިތާއި ރޫހުން މަސައްކަތް ކުރާނެކަން އަހަންނަށް އެނގެއެވެ."
އޭނާ އިތުރަށް ބުނީ، "ދަނޑުން ބޭރުގައި ހުރި ނަމަވެސް، އެންމެ ފޯރީގައި އަހަރެން ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދޭނަމެވެ. މިއީ ނިމުމެއް ނޫނެވެ، މިއީ ހަމައެކަނި މެދުކެނޑުމެކެވެ. ކުރިއަށްވުރެ ވަރުގަދަކޮށް، ކުރިއަށްވުރެ ބޮޑު ފޯރިއަކާއެކު އަހަރެން އެނބުރި އަންނާނަމެވެ. އަދި އަންނަ ސީޒަން މިއަށްވުރެ މާ ފުރިހަމަވާނެއެވެ."
ލަލީގާގެ މިހާރުގެ ޗެމްޕިއަން ބާސެލޯނާ މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ 9 ޕޮއިންޓް ކުރީގައެވެ. ބާކީ އޮތް 6 މެޗުގެ ތެރެއިން މެއި 10 ގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އެޓީމު ބައްދަލުކުރާނެއެވެ.
ސްޕެއިންގެ ވޯލްޑް ކަޕް ކެމްޕޭން ފަށާނީ ޖޫން 15 ގައި ކޭޕް ވާޑޭއާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 21 ގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅޭއިރު، ގްރޫޕްގެ ފަހު މެޗުގައި ޖޫން 27 ގައި ބައްދަލުކުރާނީ އުރުގުއޭއާއެވެ.
The tests carried out have confirmed that first-team player Lamine Yamal has a hamstring injury in his left leg (biceps femoris muscle).
The player will follow a conservative treatment plan. Lamine Yamal will miss the remainder of the season, and he is expected to be available… pic.twitter.com/8UU4Bg9bDh
— FC Barcelona (@FCBarcelona) April 23, 2026
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

