ފިތުރު އީދުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ސ. ހުޅުދޫގައި ބޭއްވި "އީދު އުފާ މަސްރޭސް" ކާމިޔާބީއާއެކު ނިންމާލައިފިއެވެ. މި މަސްރޭހަކީ ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު މުހައްމަދު ޝާހިދު އިންތިޒާމްކޮށްގެން، ދާއިރާގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ބޭއްވި ފޯރިގަދަ މުބާރާތެކެވެ.
ޖުމްލަ 14 ދޯނި ބައިވެރިވި މި މަސްރޭހުގެ އެއްވަނަ މަގާމު ހޯދާފައިވަނީ ހުސެންގެ ކެޕްޓަންކަމުގެ ދަށުން މަސްބާނަން ދިޔަ "ފިނޮޅު" ޓީމެވެ. ފިނޮޅު ޓީމުން ވަނީ މުޅި އެކު 27.90 ކިލޯގެ މަސް ބާނާފައެވެ. މުބާރާތުގެ ދެވަނަ މަގާމު ހޯދީ 27.10 ކިލޯގެ މަސް ބާނައިގެން، ހުސެން ފަޒީނުގެ ކެޕްޓަންކަމުގެ ދަށުން ވާދަކުރި "ކަޅުއޮއްފުންމި" ދޯންޏެވެ. އަދި 23.36 ކިލޯގެ މަހާއެކު މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކުރީ މުސާތައް ޚާންގެ ކެޕްޓަންކަމުގެ ދަށުން މަސްބާނަން ދިޔަ "ފިޝްކެޗަރ" ދޯންޏެވެ.
މި މުބާރާތުގެ ވަނަވަނައަށް ހޮވުނު ޓީމުތަކަށް މެމްބަރު މުހައްމަދު ޝާހިދު ވަނީ ބޮޑެތި ފައިސާގެ އިނާމުތަކެއް ހުށަހަޅުއްވާފައެވެ.
އެގޮތުން އެއްވަނަ ހޯދި ފިނޮޅު ޓީމަށް 10,000 ރުފިޔާ، ދެވަނަ ހޯދި ކަޅުއޮއްފުންމި ޓީމަށް 5,000 ރުފިޔާ، އަދި ތިންވަނަ ހޯދި ފިޝްކިޔާ ޓީމަށް 3,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.
މި މަސްރޭހަކީ ހުޅުދޫގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ ތަރުހީބު ލިބިގެންދިޔަ، އީދުގެ ފޯރި އިތުރުކޮށްދިން ހަރަކާތެކެވެ.



ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

