އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ރަށު ކައުންސިލްގެ 2 ގޮނޑީގެ ޓިކެޓް ހުސެން އަލީއާއި އަބްދުﷲ ނިސާހު ކަށަވަރު ކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ހުޅުދޫ ދާއިރާގެ ރަށު ކައުންސިލްގެ 2 ގޮނޑި އަށް ވާދަކުރި 3 ކެންޑިޑޭޓުގެ ތެރެއިން އެންމެ މަދު ވޯޓު ލިބިގެން ޕްރައިމަރީ ނާކާމިޔާބު ވެފައިވަނީ ކެނޑިޑޭޓް ނަންބަރު 3 އަލީ ހަސަން އަށެވެ. އޭނަ އަށް ލިބިފައިވަނީ 42 ވޯޓެވެ.
މިއަދު ކުރިއަށް ގެންދެވުނު ހުޅުދޫ ދާއިރާގެ ވޯޓްގައި ބާތިލް 3 ވޯޓު ގުނުނު އިރު އެންމެ ގިނަ ވޯޓު އެދާއިރާ އިން ހޯދި ހުސެން އަލީއަށް ލިބިފައިވަނީ 147 ވޯޓެވެ. އަދި އަބްދުﷲ ނިސާހަށް ލިބިފައިވަނީ 133 ވޯޓެވެ.

މިއަދު ބޭއްވުނު ހުޅުދޫ ދާއިރާގެ ވޯޓްގެ ނަތީޖާ
ހުސެން އަލީއަށް މާލޭގައި ބެހެއްޓުނު ވޯޓް ފޮށިން 78 ވޯޓް ލިބިފައިވާއިރު ހުޅުދޫގައި ބެހެއްޓުނު ވޯޓް ފޮށިން ލިބިފައިވަނީ 69 ވޮޓެވެ.
އަބްދުﷲ ނިސާހުއަށް ހުޅުދޫގައި ބެހެއްޓި ވޯޓް ފޮށިން 77 ވޯޓް ލިބިފައިވާއިރު މާލޭގެ ފޮށިން ލިބިފައިވަނީ 56 ވޯޓްއެވެ.
އަލީ ހަސންއަށް ހުޅުދޫގައި ބެހެއްޓުނު ވޯޓް ފޮށިން 34 ވޯޓް ލިބިފައިވާއިރު މާލޭގެ ވޯޓް ފޮށިން ލިބިފައިވަނީ 8 ވޯޓްއެވެ.
މިއަދު ހުޅުދޫގައި ކުރިއަށް ގެންދެވުނު ވޯޓް ލުމުގައި ހުޅުދޫން ވޯޓްލާފައިވަނީ 95 މީހުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

