ޔުނިވަރސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތްމެޓިކް ސިސްޓަމް (ޔޫ.ސީ.އެމް.އޭ.އެސް) އިން އިންތިޒާމުކޮށްގެން ބޭއްވި 13 ވަނަ ޤައުމީ މުބާރާތުގައި ޔޫ.ސީ.އެމް.އޭ.އެސް މީދޫ ސެންޓަރުން ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިފިއެވެ.

މި މުބާރާތް ބޭއްވިފައިވަނީ 11 ސެޕްޓެމްބަރު 2026 ވީ ދުވަހު، މާލޭގެ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ދަރިވަރުން ވާދަކުރި މި މުބާރާތުގައި ޔޫ.ސީ.އެމް.އޭ.އެސް މީދޫ ސެންޓަރު ތަމްސީލުކޮށްފައިވަނީ ސ. މީދޫ، ޒިލީނާ، މަރިޔަމް ޔުސްރާ މަންސޫރު އެވެ.
މި މުބާރާތުގައި މަރިޔަމް ޔުސްރާ މަންސޫރު ވަނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ހުނަރެއް ދައްކައި، ދެ ކެޓަގަރީއަކުން ރަން ވަނަތަކެއް ހާސިލުކޮށްފައެވެ. އެގޮތުން:
ބޭސިކް ކެޓަގަރީން: 1 ވަނަ (ޗެމްޕިއަންކަން)
ފްލޭޝް ކެޓަގަރީން: 2 ވަނަ
މުބާރާތުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިދިޔަ ހުކުރު ދުވަހުގެ ރޭ ( 11 ސެޕްޓެމްބަރ 2026 ވީ ހުކުރުދުވަހުގެރޭ ) 8:30 ގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައެވެ. މި ރަސްމިއްޔާތުގައި މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމުތައް ވަނީ ޙަވާލުކޮށްފައެވެ.
ޔޫ.ސީ.އެމް.އޭ.އެސް ހުޅުދޫ އަދި މީދޫ ސެންޓަރުން ހޯދި މި ފަޚުރުވެރި ކާމިޔާބީއަކީ އެ ސެންޓަރަށާއި މުޅި އަތޮޅަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މިއީ ދަރިވަރުގެ ހިތްވަރާއި، ބެލެނިވެރިންނާއި ޓީޗަރުންގެ މިންނެތް މަސައްކަތުގެ ނަތީޖާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

