މިއަދު ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި، ހުޅުދޫ ރަށު ކައުންސިލްގެ ދެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި އިންތިޚާބު ހުސެން އަލީ އާއި އަބްދުﷲ ނިސާހު ކާމިޔާބުކޮށްފިއެވެ.
މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު މި ދެ ބޭފުޅުންނަށް ވަނީ ކަށަވަރުވެފައެވެ.
މި ޕްރައިމަރީގައި ހުޅުދޫ ދާއިރާގެ ރަށު ކައުންސިލްގެ 2 ގޮނޑިއަށް ޖުމްލަ 3 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެންމެ މަދު ވޯޓު ލިބިގެން ޕްރައިމަރީ ނާކާމިޔާބުވެފައިވަނީ ކެންޑިޑޭޓް ނަންބަރު 3، އަލީ ހަސަން އަށެވެ. އޭނާއަށް ލިބިފައިވަނީ ޖުމްލަ 42 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއްވަނަ ހޯއްދެވީ ހުސެން އަލީއެވެ. އޭނާއަށް ޖުމްލަ 147 ވޯޓު ލިބިފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އަބްދުﷲ ނިސާހަށް ލިބިފައިވަނީ 133 ވޯޓެވެ. މި އިންތިޚާބުގައި ޖުމްލަ 3 ވޯޓު ބާތިލުވެފައިވެއެވެ. އެއީ ހުޅުދޫގައި ބެހެއްޓި ވޯޓް ފޮށިން ބާޠިލްވި 3 ވޯޓެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލީ ނަތީޖާ:
ހުސެން އަލީ: މާލޭގައި ބެހެއްޓި ފޮށިން 78 ވޯޓު އަދި ހުޅުދޫގައި ބެހެއްޓި ފޮށިން 69 ވޯޓު (ޖުމްލަ 147 ވޯޓު).
އަބްދުﷲ ނިސާހު: ހުޅުދޫގައި ބެހެއްޓި ފޮށިން 77 ވޯޓު އަދި މާލޭގައި ބެހެއްޓި ފޮށިން 56 ވޯޓު (ޖުމްލަ 133 ވޯޓު).
އަލީ ހަސަން: ހުޅުދޫގައި ބެހެއްޓި ފޮށިން 34 ވޯޓު އަދި މާލޭގައި ބެހެއްޓި ފޮށިން 8 ވޯޓު (ޖުމްލަ 42 ވޯޓު).
މިއަދު ކުރިއަށް ދިޔަ މި އިންތިޚާބުގައި ހުޅުދޫގައި ބެހެއްޓުނު ފޮށްޓަށް ވޯޓުލާފައިވަނީ ޖުމްލަ 95 މީހުންނެވެ. މި ނަތީޖާއާއެކު ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ސަޕޯޓަރުން މިހާރު ތައްޔާރުވަމުންދަނީ އާންމު އިންތިޚާބުގައި ކާމިޔާބީ ހޯދުމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

