ހުޅުމާލެ ފޭސް 2 ގައި ހުންނަ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މައްސަލައެއްގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާގައި ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކޮށްފައިވަނީ ފުލުހުން ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހުއެވެ.
ސަލާމަތްކުރި މީހާއަށް ބޭނުންވާ ސިއްހީ ފަރުވާ ހޮސްޕިޓަލުން ފޯރުކޮށްދިނުމަށްފަހު، މިހާރު އޭނާ ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން:
ޝުނީނު އަންވަރު (24އ) - ސ. ހިތަދޫ / ބިލާލުގެ
ޙުސައިން ނާހީ ޖަމާލު (23އ) - ސ. ހިތަދޫ / ބްލޫކޯނަރ
އަލީ ސަރީޚު އަންވަރު (23އ) - ގދ. ތިނަދޫ / ކުލުނު
އަޙްމަދު ލުޖައިން (24އ) - ސ. މީދޫ / ހުވަދުމާވިލާ
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

