ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަކީ ދޫނޑިގަން އަވަށުގެ ތަރައްޤީއާއި ކުރިއެރުމަށް ނުހަނު މުހިންމު ނިންމުމެއް ނިންމަންޖެހޭ އިންތިޚާބެކެވެ. މި އިންތިޚާބުގައި ދޫނޑިގަން ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ އާމިނަތު ޝާއިޤާ (މަޚްމާވިލާ / ޏ. ދޫނޑިގަން) އަކީ މި އަވަށަށް އާ ދިރުމެއް ގެނެސްދޭނެ ތައުލީމީ، ހީވާގީ ކެންޑިޑޭޓެކެވެ.
ޝާއިޤާގެ އެންމެ ބޮޑު އެއް ސިފައަކީ ޒަމާނަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، އައު އީޖާދީ ޚިޔާލުތަކާއެކު މަސައްކަތް ކުރުމުގެ ޤާބިލުކަމެވެ. އޭނާގެ ތަސައްވަރަކީ ދޫނޑިގަން އަވަށަކީ ޒަމާނީ ވަސީލަތްތަކުން މުއްސަނދި، އިޖުތިމާޢީ ގޮތުން ބަދަހި އަދި އިޤްތިޞާދީ ގޮތުން ފުދުންތެރި އަށަކަށް ހެދުމެވެ. މިގޮތުން ޒުވާނުންނަށް ބޭނުންވާ ފުރުޞަތުތަކާއި، އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އޭނާގެ ތަސައްވަރުގައި ހިމެނޭ މުހިންމު ކަންކަމެވެ.

ކައުންސިލެއްގެ ކާމިޔާބީ ބިނާވެފައިވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއެކު އޮންނަ ބަދަހި ގުޅުމެއްގެ މައްޗަށެވެ. ޝާއިޤާގެ އަމާޒަކީ ސަރުކާރާ ގުޅިގެން ދޫނޑިގަންގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމެވެ. ވަކިން ހާއްސަކޮށް، ރަށާއި އަވަށުގެ ތިމާވެއްޓާއި އުމްރާނީ ތަރައްޤީއާއި، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުން ހިމެނެއެވެ.
ދޫނޑިގަން އަވަށުގެ ރައްޔިތުންނަށް ފާގަތި މާދަމައެއް ހޯދައިދިނުމަށްޓަކައި، އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރާނެ މީހަކު ކައުންސިލަށް އިންތިޚާބުކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ. އާމިނަތު ޝާއިޤާއަކީ އެ މަޤާމަށް އެންމެ އެކަށޭނަ، ރައްޔިތުންގެ އަޑުއަހާނެ ކެންޑިޑޭޓެވެ.
އެހެންކަމުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ދޫނޑިގަން ކައުންސިލްގެ މެމްބަރުކަމަށް އާމިނަތު ޝާއިޤާ (މަޚްމާވިލާ / ޏ. ދޫނޑިގަން) އަށް ވޯޓް ދެއްވާ، އަވަށުގެ ތަރައްޤީގައި ބައިވެރިވެވަޑައިގަންނަވާށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

