ރާއްޖޭގެ އެންމެ ދެކުނުގައި ހިމެނޭ އައްޑޫ ސިޓީގެ ތާރީޚީ ރަށް މީދޫއަކީ އެރަށުގެ ރައްޔިތުންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ލިބިފައިވާ ރަށެކެވެ. މި ރަށަކީ ތާރީޚީގޮތުން ވަރަށް މުހިންމު ރަށަކަށްވެފައި، މިރަށުގެ ރަށްޔިތުންނަކީ ރަށުގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބައެއް ދިރިއުޅެމުންދާ ރަށެކެވެ. މިފަދަ ރަށެއްގެ ކުރިމަގު ބިނާކުރުމުގައި ލީޑަރޝިޕްގެ ދައުރު ވަރަށް މުހިންމެވެ. އެގޮތުން، މީދޫގެ ރައްޔިތުންގެ ކުރިމަތީގައި މިވަގުތު އޮތް އެންމެ މުހިންމު ސުވާލަކީ "ކާކަށްތޯ މީދޫގެ ކުރިމަގު އެންމެ ރަނގަޅަށް ބިނާކުރެވޭނީ؟" މިއެވެ.

މިގޮތުން ބަލާއިރު ސާލިހާއަކީ މިހާރު ހިނގަމުންދާ އައްޑޫ ސިޓީ ކައުންސިލްގައި މީދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރެކެވެ. އޭނާއަކީ މީދޫ ރައްޔިތުންނަށް އިސްކަންދޭ ސިޔާސަތުތައް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޝަޚްޞިއްޔަތެކެވެ. ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ސާލިހާ ވަނީ މީދޫގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކައުންސިލްގައި ހުންނަވައިގެން ކުރައްވާފައެވެ.

މީދޫގައި އަލަށް އުފެދޭ ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވުމަށް ސާލިހާ ނިންމެވީ، ސިޓީ ކައުންސިލްގައި ވޭތުވެދިޔަ 5 އަހަރު ލިބުނު ތަޖުރިބާގެ އަލީގައި މީދޫ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މީދޫ ރައްޔިތުންނަށް ފައިދާވާނެފަދަ ކުރިއެރުންތަކެއް ގެނެސްދެއްވުމުގެ ހިތްވަރާއި އަޒުމާ އެކުގައެވެ.

"މީދޫއަކީ އަޅުގަނޑުގެ ލޮބުވެތި ރަށެވެ. މި ރަށުގެ ކުރިއެރުމަށްޓަކައި އަޅުގަނޑުގެ ހުރިހާ ގާބިލް މަސައްކަތްތަކެއް ބޭނުންކޮށްގެން މަސައްކަތްކުރުމަކީ އަޅުގަނޑުގެ އަމާޒެވެ. ވޭތުވެދިޔަ 5 އަހަރު ސިޓީ ކައުންސިލްގައި މަސައްކަތްކުރިއިރު، މީދޫގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް، އަދިވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އަޅުގަނޑަށް އެނގެއެވެ. ރަށު ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން، މި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މީދޫގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމަކީ އަޅުގަނޑުގެ އުންމީދެވެ."
ސާލިހާ ވިދާޅުވިއެވެ.
ސާލިހާގެ ލީޑަރޝިޕްގެ ފިކުރު ބިނާވެފައިވަނީ، ޒުވާނުންނަށް ބާރުވެރިކަން ދިނުމާއި، އާންމު ޚިދުމަތްތައް ހަރުދަނާކުރުމާއި، މީދޫގެ ކޮންމެ ރައްޔިތަކަށްވެސް ފައިދާކުރާނެ ދިގުދެމިގެންދާނެ ކުރިއެރުންތަކެއް ކަށަވަރުކުރުމުގެ މައްޗަށެވެ.
ސާލިހާ ގަބޫލުކުރައްވާ ގޮތުގައި، ޒުވާނުންނަކީ ރަށުގެ މުސްތަޤުބަލެވެ. އެހެންކަމުން، ޒުވާނުންނަށް ބާރުވެރިކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން:
- ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ޚާއްޞަ ޕްރޮގްރާމްތައް ރޭވުން
- ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން
- ޒުވާނުންގެ ވިޔަފާރިވެރިކަން ކުރިއެރުވުމަށް ލޯނު ސްކީމްތައް ހޯދައި ދުނުމަށް މަސައްކަތް ކުރުން
- ޒުވާނުންގެ ޚިޔާލުތަކަށް އިޙްތިރާމްކޮށް، ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން
- ޒުވާނުންގެ ކޮމިޓީއެއް އުފައްދައި، ޒުވާނުންނަށް ރަށުގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން
ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ސާލިހާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މިގޮތުން:
- ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ޞިއްޙީ މަރުކަޒުގެ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން
- ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ސްކޫލުގެ ވަސީލަތްތައް އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން މަސައްކަތް ކުރުން
- ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުން
- މިހާރު ދަތުރުފަތުރުގެ ޚިދުމަތްދޭ އެމްޓީސީއާއި ވާހަކަ ދައްކައިގެން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން
- ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގުން
ސާލިހާގެ ތަރައްޤީގެ ވިސްނުމަކީ ހަމައެކަނި މިއަދަށް ނޫނެވެ. އެއީ ދުރު މުސްތަޤުބަލަށް ވިސްނައިގެން ރާވާ ތަރައްޤީއެކެވެ. މިގޮތުން:
- ތިމާވެށި ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދިނުން
- ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރުން
- ދަނޑުވެރިކަމާއި ޚާއްޞަ ޕްރޮގްރާމްތައް ހިންގުން
- ރިނިއުބަލް އެނަރޖީ ބޭނުންކުރުމަށް ހިތްވަރުދިނުން
- ރަށުގެ ސަގާފަތާއި ތާރީޚު ދިރުވައި ދެމެހެއްޓުމަށް މަސައްކަތްކުރުން
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުން
މީދޫއަށް ފާގަތި މުސްތަޤުބަލެއް ބޭނުންނަމަ، ސާލިހާއަކީ އެންމެ ޤާބިލު ބޭފުޅާއެވެ. ސާލިހާގެ ތަޖުރިބާއާއި، ކާމިޔާބީތަކާއި، ވިސްނުމާއި، ވަޢުދުތަކާއި، ހިންގުންތެރިކަމަކީ މީދޫގެ ތަރައްޤީއަށް ބޭނުންވާ ސިފަތަކެވެ. މީދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސާލިހާއަށް ވުރެ ޤާބިލު ބޭފުޅަކު ނެތެވެ.
އެހެންކަމުން، ހޮނިހިރު ދުވަހު ބޭއްވޭ ޕީއެންސީ ޕްރައިމަރީގައި މީދޫ ދާއިރާގެ ކައުންސިލްގެ ރައީސަކަށް ވޯޓުދެއްވައިގެން ސާލިހާ ހޮވުމަކީ މީދޫގެ ރައްޔިތުންގެ ވާޖިބެކެވެ. ސާލިހާގެ ލީޑަރޝިޕްގެ ދަށުން މީދޫއަށް އަލިގަދަ މުސްތަޤުބަލެއް ކަށަވަރުކުރެވޭނެއެވެ. މީދޫގެ ތަރައްޤީއަށް ސާލިހާގެ އަތުގައި ހިފުން ބުއްދިވެރިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

