އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާން ދިތުވާގެ ސަބަބުން މިހާތަނަށް 212 މީހުން މަރުވެ، 218 މީހުން ގެއްލިފައިވާކަމަށް އެޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެޤައުމަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާނެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 30،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، އެތައް ބަޔަކު ކިސަޑުގައި ތާށިވެފައި ތިބެދާނެކަމަށް ބެލެވެއެވެ. ބައެއް ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވެފައިވާތީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެންނެވެ.
Advertisement
މި ކާރިސާގައި އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ހެލިކޮޕްޓަރާއި އެހެނިހެން ވަސީލަތްތައް ފޮނުވާފައިވާއިރު، އެކި ޤައުމުތަކާއި އދ. އިންވެސް ދަނީ ލަންކާގައި ހަރަކާތްތެރިވަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

