މީދޫ ޓޫރިޒަމް ޒޯނު ސަރަޙައްދު ސާފުކުރުމުގެ ޚާއްސަ ހަރަކާތެއް މިއަދު ހެނދު ކުރިއަށް ގެންގޮސްފިއެވެ.
މީދޫގެ އަވަށުއޮފީހުން އިސްނަގައިގެން ކުރިއަށްގެންދިޔަ މިހަރަކާތަކީ މީދޫގައި ފާހަގަކުރަން ތައްޔާރުވަމުންދާ އުފާވެރި ވަގުތަކާ ދިމާކޮށް ބޭއްވުނު ޙަރަކާތެކެވެ. އެއީ މީދޫ ޓޫރިޒަމް ޒޯނުގައި އިމާރާތްކުރެވުނު އެންމެ ފުރަތަމަ ގެސްޓްހައުސް ހުޅުވުމުގެ ރަސްމިއްޔާތެވެ.
އެހެންކަމުން ސާފުކުރުމަށް ބޭއްވުނު ޚާއްސަ މި ޙަރަކާތުގައި ޓުއަރިޒަމް ޒޯންގެ ވަރަށް ބޮޑު ސަރަހައްދެއްވަނީ ސާފްކޮށްފައެވެ.
މިއަދު ހެނދުނު 6:00 ގައި ފެށި މި ހަރަކާތުގައި 1 ގަޑިއިރުގެ ތެރޭގައިވަނީ ގިނައަދަދެއްގެ ކުނިނަގާ ސާފްކޮށްފައެވެ.
ސާފުކުރުމުގެ މިމަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި މީދޫ ކައުންސިލަރު ސާލިހާ ވިދާޅުވީ މީދޫއަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ކޮންމެ ބާވަތެއްގެވެސް ކުނި، ކުނި ކޮށި ނޫން ތަނަކަށް ނޭޅުމަށް ސާލިހާ އިއުތިމާސް ކުރެއްވިއެވެ.
"ވަރަށް ބޮޑަށް އެދެން ރަށަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް ފަރުދީ ޒިންމާ އަދާކުރުން. މާނައަކީ ކުނިކޮށިފިޔަވާ އެއްވެސްތާކަށް އެއްވެސް ބާވަތެއްގެ ކުނި ނޭޅުން. "
ސާލިހާ ވިދާޅުވި އެވެ.
މި ހަރަކާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސާ ޝުކުރެއް ކައުންސިލަރު ސޯލިހާ ވަނީ އަދާކުރައްވާފަ އެވެ.









ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

