މީގެ 4 އަހަރުކުރީން ބޮޑުތަނުން ގިރައިގެން ގޮސްފައިވާ މީދޫ ކަޅިބިތްފަރާތު ސަރަހައްދަށް ވެލިއެޅުމަށްފަހު، ޖިއޯބޭގް ޖަހައިގެހައިގެން ހިމާޔަތްކުރި ނަމަވެސް، ކަޅިބިތްފަރާތު ގޮނޑުދޮށް މިހާރު ދަނީ އަލުން ގިރަމުންނެވެ. އެއީ ސަރަހައްދުގައި ޖަހާފައިވާ ޖިއޯބޭގްތައް ހަލާކުވެފައިވުމުގެ ސަބަބުން، ގޮނޑުދޮށް ގިރުން އިތުރަށް އަވަސްވެފައިވެފައި ވުމުގެސަބަބުންނެވެ.
މި މައްސަލައަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ މީދޫ ރައްޔިތުންގެ އެދުމެކެވެ. އަދި ގިރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން އިސްކަމެއް ދީގެން މަސައްކަތްކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ރަށުގެ ބިމުން ބޮޑުބައެއް ގެއްލިގެންދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ތިރީގައިވާ ބައެއް ފޮޓޯތަކުން ދައްކުވައިދެނީ ކަޅިބިތުފަރާތު ގޮނޑުދޮށް މިހާރު ގިރަމުންދާ މިންވަރެންވަރެވެ.
އަދި މީގެ 4 އަހަރުކުރީން ޖިއޯ ބޭގް ޖެހިފައިހުން ނަގާފައިވާ ފޮޓޯތަކެކެވެ.





ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

