ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ މީދޫގައި ބޭއްވުނު ޚާއްސަ ކާބޯތަކެތީގެ މައުރަޒުން ވަނަވަނަ ހާސިލްކުރި ފަރާތްތަކަށާއި، އެ ރަށުގެ ދަނޑުވެރިކަމުގެ ސިނާއަތަށް އެކި ގޮތްގޮތުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި އިނާމު އަދި ހަނދާނީ ފިލާ ދީފިއެވެ.
މި އިނާމުތަކާއި ހަނދާނީ ލިޔުންތައް ދެއްވާފައިވަނީ މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މީދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމްއެވެ.
މީދޫގައި ބޭއްވުނު ކާބޯތަކެތީގެ މައުރަޒަކީ ރަށުގެ ދަނޑުވެރިންނާއި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލުމަށް ބޭއްވުނު މުހިންމު ހަރަކާތެކެވެ. މައުރަޒުގެ އެކި ބައިތަކުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް ބަލާއިރު:
މުޅި މައުރަޒުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
މުޅި މައުރަޒުން ދެވަނަ އިދާރާ: އައްޑޫ ހުޅުދޫ
ތަރުކާރީގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
ކާބޯތަކެތީގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
މޭވާގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ މީދޫ
ފަލަމަޑީގެ ބާވަތްތަކުން އެއްވަނަ އިދާރާ: އައްޑޫ ހުޅުދޫ
ވަކިވަކި ފަރުދުންނާއި ޓީމުތަކުން ހޯދި ކާމިޔާބީތަކަށް ބަލާއިރު، ގިނަ ވަނަތަކެއް މީދޫގެ ފަރާތްތަކުން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން:
ކާބޯތަކެތީގެ ބާވަތްތައް އެންމެ ގިނައިން ބައިވެރިކުރި ފަރާތް: މަރިޔަމް ޝަމާ (މީދޫ)
ތަރުކާރީގެ ބާވަތްތައް އެންމެ ގިނައިން ބައިވެރިކުރި ފަރާތް: ބަދަހި ޓީމް، ޒާހިރާ (މީދޫ)
މޭވާގެ ބާވަތްތައް އެންމެ ގިނައިން ބައިވެރިކުރި ފަރާތް: މަރިޔަމް ޝަމާ (މީދޫ)
ފަލަމަޑީގެ ބާވަތްތައް އެންމެ ގިނައިން ބައިވެރިކުރި ފަރާތް: ބަދަހި ޓީމް – ޒާހިރާ (މީދޫ)
ގޮވާމުގެ އެންމެ ބޮޑު އުފެއްދުމެއް ބައިވެރިކުރި ފަރާތް: މެރިންބީޗް – ނިސްރީނު (ހުޅުދޫ)
ގޮވާމުން އެންމެ ރަނގަޅު އާ އުފެއްދުމެއް ބައިވެރިކުރި ފަރާތް: ބަދަހިޓީމް- ޒާހިރާ (މީދޫ)
ކާބޯތަކެތީގެ ބާވަތްތަކުން އެންމެ ރަނގަޅު އާ އުފެއްދުމެއް ބައިވެރިކުރި ފަރާތް: މަރިޔަމް ޝަމާ (މީދޫ)
މައުރަޒުގެ ވަނަތަކުގެ އިތުރުން، މީދޫގެ ދަނޑުވެރިކަން ދިރުވައި، ކުރިއެރުވުމަށް ދިގު މުއްދަތަކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މި ދާއިރާއިން އީޖާދީ ކުރިއެރުންތައް ހޯދަމުންދާ ފަރާތްތަކަށް ވަނީ ޚާއްސަ ހަނދާނީ ފިލާ އަރުވާފައެވެ. އެގޮތުން ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަކީ:
މުޙައްމަދު ވަޙީދު (އަބްލަޣީވާދީ، މީދޫ):
މީދޫގައި ދަނޑުވެރިކަމުގެ ރޮނގުން މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކޮށް، ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން.
ޙަސަން މާހިރު (ފީރޯޒްވިލާ، މީދޫ):
އައްޑޫ މީދޫގައި 'އޯޕަން ފީލްޑް' ދަނޑުވެރިކަން ކުރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، އެކަމުގައި ދެމިހުރެ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން.
އާމިނަތު ނަޝީދާ (އޮމާން، މީދޫ):
މީދޫގައި ދަނޑުވެރިކަންކޮށް އެކި ބާވަތްތައް އުފައްދައި، ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ އަންހެން ދަނޑުވެރިޔަކަށް ވީތީ، އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން.
އައްޑޫ މީދޫ ފްރެޝްޔީލްޑް ފާމް:
މީދޫގައި ޒަމާނީ އީޖާދީ ދަނޑުވެރިކަމެއްކޮށް، އާ ބާވަތްތައް އުފައްދައި، ދަނޑުވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރަމުންދާތީ އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން.
އައްޑޫ މީދޫ ގައުދަނޑު ފާމް:
މީދޫގައި ޒަމާނީ އީޖާދީ ދަނޑުވެރިކަމަށް ބޮޑު އިންވެސްޓެއްކޮށް، ދަނޑުވެރިކަމުން ވަށާޖެހޭ ނަފާ ހޯދަމުންދާތީ އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން.
މަރިޔަމް ޒުހައިރު (ލީލީފެހި، މީދޫ):
މީދޫގައި ދަނޑުވެރިކަމުގެ ރޮނގުން މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކޮށް، ދަނޑުވެރިކަން ކުރިއެރުވުމަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަންހެން ދަނޑުވެރިޔަކަށް ވީތީ، އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މިފަދަ ޖަލްސާއެއް ބޭއްވި، ދަނޑުވެރިންގެ މަސައްކަތްތައް ފާހަގަކުރެވިގެން ދިޔުމަކީ ރަށުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިގްތިސާދީ ގޮތުން ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމެކެވެ. ރޭގެ މި ހަފްލާ ނިމިގެންދިޔައީ ބައިވެރިންގެ މޫނުމަތިން އުފާވެރިކަމާއި، ކުރިމަގުގައި މި ދާއިރާއިން އިތުރު އުސްމިންތަކަކަށް ވާސިލްވުމުގެ އުންމީދީ ރޫޙު ފެނިގެންދަމުންނެވެ.














ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

