މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާ އަންހެން ބޭފުޅުންނަށް ދޭ، ރެހެންދި އެވޯޑް އައްޑޫސިޓީ، ފަރިމާގޭ އާއިޝަތު ވަހީދާއަށް ލިބިއްޖެ އެވެ.
މިމަހުގެ 16 ވަނަ ދުވަހުގެރޭ ބާސެލޯ ނަސަންދުރާގައި ބޭއްވުނު ރެހެންދި އެވޯޑް ދިނުމުގެ މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށެވެ.
މި އެވޯޑް ލިބުނު އައްޑޫސިޓީ ފޭދޫ އައިޝަތު ވަހީދާއަށް އެވޯޑް ލިބިފައިވަނީ އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާންނެވެ.
އާއިޝަތު ވަހީދާއަކީ ފެހުމުގެ ދާއިރާގައި އުމުރުން އެންމެ 15 އަހަރުންފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ހުނަރުވެރި ފެހުންތެރިއެކެވެ. ވަހީދާ މިދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ފެހުމާ ގެތުމާ ކަސަބު ވިއުމާ ލިބާސް ފެހުމަށް ވަހީދާގެ މަންމަ ކުރަމުން ގެންދިޔަ މަސައްކަތް ކުޑައިރުއްސުރެން ގާތުން ފެނި މިމަސައްކަތައް ޖެހުނު ލޯތްބެއްގެ ސަބަބުންނެވެ،

މިގޮތުން ދިވެހި ސަގާފީ ހެދުންތަކުގެ އިތުރަށް ޒަމާނީ ހެދުންވެސް ފަރުމާކުރައްވަމުން އަންނަ އާއިޝަތު ވަހީދާވަނީ ކްރިއެޭޓިވްޑިޒަންގެ ނަމުގައި އަމިއްލަ ބްރޭންޑެއް ގާއިމް ކުރައްވާފައެވެ. ގޭތެރޭގެ ޒިންމާތައް އަދާކުރައްވަމުން ދަރިންނާއި ފިރިމީހާއާއި އާއިލާގެ އެއްބާރުލުމާއިއެކު ވަހީދާގެ ފެހުމުގެ މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށް ހިތްވަރު ލިބިގެންދިޔައެެވެ.
މިގޮތުން މިއަދު ވަހީދާގެ ކްރިއޭޓިވް ޑިޒައިންގެ އުފެއްދުންތައް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޯތެންޓިކް މޯލްޑިވްސް، ވެލާނާއިންޓަނޭޝަނަލް އެއާރޕޯޓްގެ ޑިއުޓީ ފްރީ ، އަދި އައްޑޫ ގަން އިންޓަރޭޝަނަލް އެއަރޕޯޓްގެ ޝޮޕް ގެ ޝޯވ ކޭސްތަކުންވަނީ ޖާގަ ހޯއްދަވާފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ވަހީދާގެ އުފެންތައް އާއްމުންނަށް ފަސޭހަކަމާއެކު ލިބޭނެ މަގުފަހިވެ ގިނަ ބައެއްގެ މަގުބޫލްކަންލިބި އޯތެންޓެކް މޯލްޑިވްސްގެ ސަޕްއިޔަރެއްގެ މަގާމް ހާސިލް ކުރެއްވުމެވެ.
ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް އޮންނަނީ މައިގަނޑު 2 ކެޓަގަރީއެކެވެ. އެގޮތުން، ވަކި ވަކި އަންހެންނުންނާއި، ޖަމުޢިއްޔާ ޖަމާޢާތްތަކަށް އެވޯޑު ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ.
ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއް ހިމެނެއެވެ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން- ޓްރެޑިޝަނަލް ރޯލްސް" ގެ ދާއިރާއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

