ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށް ނާޒްނީން އަބްދުﷲ ހަމަޖައްސަވައިފިއެވެ.
ނާޒްނީން ސ. އަތޮޅުމަދަރުސާގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވިއިރު ހުންނެވީ ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލަކަށެވެ. ނާޒްނީން ބ. އަތޮޅުމަދުސާގައި މަސައްކަތް ކުރައްވާތާ ފަސް އަހަރު ވަނީ ވެފައެވެ.
ސ. އަތޮޅުމަދަރުސާގެ ޕްރިންސިޕަލަކަށް ނާޒްނީން ހަމަޖެއްސެވުމާއި ގުޅިގެން އިއްޔެ ނާޒްނީން ވަނީ ސ. އަތޮޅު މަދަރުސާއަށް ވަޑައިގެން މަގާމާ ހަވާލްވެވަޑައިގެންފައެވެ.
" އަޅުގަޑު މަސައްކަތް ކުރައްވާނީ އަތޮޅުމަދަރުސާގެ ކުރީގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ އަޅުއްވައިދެއްވާފައިވާ ބިންގަލުގެ މަތީގައި، އިތުރު ހަރުފަތްތަކަށް އެ ސްކޫލް ކުރިއަށް ގެންދަވަން. ."
އޮންލައިންނޫސް " ދަރިވަރު ނޫހަށް " ދެއްވި ބަސްދީގަތުމެއްގައި ނާޒްނީން ވިދާޅުވެފައިވެއެވެ.
އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ނާޒްނީން ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވީ 2000 ވަނަ އަހަރުގެ ތެރޭގައެވެ.
ނާޒްނީން ވަނީ މީގެ ކުރީން ހުޅުދޫ ސްކޫލްގައި މަސައްކަތްކުރައްވާފައެވެ. ނާޒްނީންއާއެކު ހުޅުދޫ ސްކޫލްގައި ކުރީން މަސައްކަތްކުރެއްވި ގިނަ އަދަދެއްގެ ޓީޗަރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އަތޮޅުމަދަރުސާގައެވެ.
މީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގައި 600 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން މި އަހަރު ވަނީ ފަށާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

