މިރޭ ލަ ލީގާގެ ބޮޑު މެޗަކީ ތާވަލުގެ ކުރީގައި އޮތް ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާމެޗެވެ.
ބައިނަލްއަގުވާމީ ބްރޭކަށް ދިއުމުގެ ކުރިން ބާސެލޯނާއިން މަސައްކަތްކުރާނީ އެއްވަނަ މަގާމު ދެމެހެއްޓުމަށެވެ. އެޓީމާ ދެކޮޅަށް ނިކުންނާނީ ގަދަފަދަ އެތުލެޓިކޯ މެޑްރިޑެވެ.
މިދެ ޓީމުގެ ދެމެދުގައި އޮތީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކަށް ވުމުން، މިއީ 2026-27 ގެ ސީޒަނުގެ ތަށި ހޯދުމުގެ ރޭހުގައި އަންނާނެ ބޮޑު ބަދަލަކަށް ވެދާނެއެވެ. ޚާއްޞަކޮށް އެތުލެޓިކޯއިން ބާސެލޯނާ ބަލިކޮށްފިނަމަ މި ބަދަލު ފެންނާނެއެވެ.
ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އެތުލެޓިކޯ އޮތީ މުޅި ސީޒަނުގައިވެސް ވަރަށް ރަނގަޅު ފޯމެއްގައެވެ.
![ރަފީނިއާ އަކީ މި ސީޒަނުގައި ބާސެލޯނާގައި އެންމެ ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ [ފޮޓޯ: އަލްބާޓް ޖެއާ/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/11/Screenshot_8-11-2026_20145_www.aljazeera.com_.jpeg)
![މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އެތުލެޓިކޯ މެޑްރިޑްގެ ހޫލިއަން އަލްވަރޭޒް ވަނީ މިހާތަނަށް ދެ ލަނޑު ޖަހައި، ދެ އެސިސްޓް ހަމަކޮށްފައި [ފޮޓޯ: ޕެޑްރޯ ސަލާޑޯ/ގެޓީ އިމޭޖަސް]](http://voiceofmeedhoo.com/wp-content/uploads/2026/11/Screenshot_8-11-2026_201421_www.aljazeera.com_.jpeg)
![ލަ ލީގާގެ ތަށި ދިފާއުކުރުމަށް ބާސެލޯނާއިން ކުރަމުންދާ ވަރުގަދަ މަސައްކަތުގައި ލަމީން ޔަމާލް (ވާތްފަރާތުން) އާއި ރަފީނިއާ (ކަނާތްފަރާތުން) އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން [ފޮޓޯ: އަލްބާޓް ޖެއާ/ރޮއިޓާސް]](http://voiceofmeedhoo.com/wp-content/uploads/2026/11/Screenshot_8-11-2026_201352_www.aljazeera.com_-1.jpeg)
މި ސީޒަނުގައި އެތުލެޓިކޯގެ ނަތީޖާތައް:
އެތުލެޓިކޯ އޮތީ ލަ ލީގާ ތާވަލުގެ ދެވަނައިގައެވެ. 11 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އެޓީމު ވަނީ 9 މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ އަދި އެއް މެޗުން އެއްވަރުވެފައެވެ.
މި ސީޒަނުގައި ބާސެލޯނާގެ ނަތީޖާތައް:
ބާސެލޯނާ އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވިއިރު، ބަލިވީ ހަމައެކަނި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު 'ކްލެސިކޯ' މެޗުންނެވެ.
ރަފީނިއާގެ މޮޅު ކުޅުން:
ބާސެލޯނާގެ ސެންޓަރ ފޯވާޑެއްގެ ގޮތުގައި ރަފީނިއާ ދައްކަމުންދާ ކުޅުމުގެ ސަބަބުން، އަލްވަރޭޒް ނުލިބުމުގެ ހިތާމަ ބާސެލޯނާއިން ކުރާކަށް ނުޖެހެއެވެ. އަލްވަރޭޒް ބާސެލޯނާއަށް ބަދަލުވާން ކުރި މަސައްކަތުގެ ސަބަބުން އެތުލެޓިކޯއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް ކުޅުންތެރިޔާއާ މުޢާމަލާތް ކުރުމުގެ ސަބަބުން ބާސެލޯނާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗު:
އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2025-26 ގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައެވެ. އެ މެޗުން ބާސެލޯނާ 2-1 އިން މޮޅުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން 3-2 އިން ކުރި ހޯދައި ސެމީ ފައިނަލަށް ދިޔައީ އެތުލެޓިކޯއެވެ.
މިމެޗްގެ ނަތީޖާގެ ލަފާކުރުން:
އޮޕްޓާ ސުޕަ ކޮމްޕިއުޓަރުން ލަފާކުރާ ގޮތުގައި ބާސެލޯނާ މޮޅުވުމުގެ ފުރުސަތު އޮތީ 49.3 އިންސައްތައެވެ. އެތުލެޓިކޯ މޮޅުވުމުގެ ފުރުސަތަކީ 27.5 އިންސައްތައެވެ. އަދި އެއްވަރުވުމުގެ ފުރުސަތަކީ 23.3 އިންސައްތައެވެ.
ހެޑް-ޓު-ހެޑް ރެކޯޑްސް:
އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެތުލެޓިކޯ މޮޅުވީ ދެ މެޗުންނެވެ. ބާސެލޯނާ ވަނީ ތިން މެޗުން މޮޅުވެފައެވެ. ނަމަވެސް، ލަ ލީގާގައި އެތުލެޓިކޯގެ ދަނޑުގައި ބާސެލޯނާ ވަނީ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެވެ.
މިމެޗަށް އެތުލެޓިކޯ މެޑްރިޑް ނިކުންނައިރި އެޓީމުގެކްރިސްޓިއަން ރޮމޭރޯ ހުރީ އަނިޔާގައެވެ.
މެޗް ފަށާއިރު އެތުލެޓީކޯއިން ނިކުންނާނެ ކަމަށް ބެލެވޭ ޓީމު:
ޖެން އޮބްލަކް؛ މާކޯސް ލޮރެންޓޭ، މާކް ޕުބިލް، ޑޭވިޑް ހަންކޯ، އަލެހަންދްރޯ ގްރިމާލްޑޯ؛ ޖިއުލިއާނޯ ސިމިއޯނީ، އޮބެޑް ވަރްގަސް، މޯޓެން ހުލްމަންޑް، އެލެކްސް ބައޭނާ؛ ކަންގް-އިން ލީ، ހޫލިއަން އަލްވަރޭޒް.
މިމެޗަށް ބާސެލޯނާ ނިކުންނައިރު މެދުތެރެއަށް ކުޅޭ މުހިންމު ކުޅުންތެރިޔާ ރޮޑްރީއަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެއެވެ. މީގެ އިތުރުން ޖޫލްސް ކުންޑޭ، ޒަވީ އެސްޕާޓް، ޑެނީ އޮލްމޯ އަދި ރޫނީ ބަރްދްޖީވެސް ތިބީ އަނިޔާގައެވެ.
މެޗްފަށާއިރު ބާސެލޯނާއިން ނިކުންނާނެ ކަމަށް ބެލެވޭ ޓީމު:
ޖޯން ގާސިއާ؛ ބްރަޔަން ފަރީނިއަސް، ޕައު ކުބާސީ، ފްރެންކީ ޑި ޔޮންގް، ޔާއޯ ކަންސޭލޯ؛ ގަވީ، ޕެޑްރީ؛ ލަމީން ޔަމާލް، ފާމިން ލޮޕޭޒް، ކަރީމް އަޑެޔެމީ؛ ރަފީނިއާ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

