ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ މީދޫގެ މުސްތަޤުބަލާއި، ރަށުގެ ކުރިއެރުމުގެ ދުވެލި ކަނޑައެޅިގެންދާނެ މުހިންމު ނިންމުމެކެވެ. މި އިންތިޚާބުގައި ރަށުގެ ރައްޔިތުން ވޯޓު ދޭއިރު، އެންމެ ބޮޑަށް ވިސްނަންޖެހޭނީ ސަރުކާރާ ގުޅިގެން ރަށަށް ފައިދާހުރި މަޝްރޫޢުތައް ގެނެވޭނެ، ޤާބިލު ޓީމެއް ހޮވުމަށެވެ.
މީދޫ ދާއިރާގެ ކައުންސިލްގެ ރައީސަކަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ މިހާރުގެވެސް ކައުންސިލަރު އާމިނަތު ސާލިހާ އަކީ ފާހަގަކޮށްލެވޭ ފަދަ ތަޢުލީމީ ބޭފުޅެކެވެ. އޮފީސް މެނޭޖުމަންޓުގެ ދާއިރާއިން ފަސްޓް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ސާލިހާ އަކީ އިދާރީ ހިންގުމުގެ ތަޖުރިބާގެ އިތުރުން، މިހާރުވެސް ކައުންސިލްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވުމުން، ރަށުގެ މައްސަލަތަކާއި ރައްޔިތުންގެ ބޭނުންތައް އެންމެ ގާތުން އެނގިވަޑައިގަންނަވާނެ އެއް ބޭފުޅާއެވެ.
މީދޫގެ ކުރިއެރުމަށްޓަކައި ޕީއެންސީގެ ކެންޑިޑޭޓުން ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހޮވުމަކީ ސަރުކާރާއި ރަށާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، މަޝްރޫޢުތައް އަވަސްވުމަށް މަގުފަހިވާނެ ކަމެކެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކައުންސިލްގެ އެއްބާރުލުން ލިބުމަކީ ރަށުގެ ކުރިއެރުމަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓެވެ. އޭގެ ސަބަބުން ބަޖެޓް ހޯދުމުގައްޔާއި، ތަރައްޤީގެ ވަޞީލަތްތައް ރަށަށް ގެނައުމުގައި ދަތިތަކެއް ކުރިމައްޗެއް ނުވާނެއެވެ.
މީދޫގެ ރައްޔިތުންނަކީ މީގެ ކުރިންވެސް ސަރުކާރާ ދެކޮޅު ޚިޔާލުގެ މީހުން މަގާމުތަކަށް ހޮވުމުން ލިބޭ ހިތްދަތި ތަޖުރިބާ ކޮށްފައިވާ ބައެކެވެ. ސަރުކާރާ ދެކޮޅު ކައުންސިލެއް އޮތުމުގެ ސަބަބުން ރަށަށް އަންނަން ހުންނަ މަޝްރޫޢުތައް ހުއްޓި، ރަށުގެ ކުރިއެރުމުގެ ދުވެލި މަޑުޖެހި، ސިޔާސީ ޒުވާބުތަކުގެ ތެރޭގައި ރަށުގެ މަޞްލަޙަތު ގެއްލިގެންދާ މަންޒަރު ވަނީ ފެނިފައެވެ.

މިއީ މިއަދު ރަށުގެ ރައްޔިތުން އަލުން ތަކުރާރު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ.
މީދޫގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، ތަޢުލީމީ އަދި ހިންގުންތެރި އާމިނަތު ސާލިހާ ކައުންސިލްގެ ރައީސަކަށް، އަދި ޕީއެންސީގެ މުޅި ޓީމު ކައުންސިލަށާއި ޑަބްލިއުޑީސީއަށް ހޮވުމަކީ ރަށުގެ ކުރިއެރުން ކަށަވަރުކަމެވެ.
މިއީ ސަރުކާރާއެކު އަތްގުޅާލައިގެން މީދޫއަށް އުފާވެރި މާދަމާއެއް ހޯދައިދިނުމަށް ލިބޭ ރަން ފުރުޞަތެކެވެ. އަންނަ އިންތިޚާބުގައި ޕީއެންސީގެ ޓީމަށް ވޯޓު ދެއްވުމަކީ ރަށުގެ ކުރިއެރުމަށް ދެވޭ ވޯޓެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

