ރާއްޖޭގެ އެކި ކަންކޮޅުތަކުން ރަށްރަށުގެ ޓީމުތައް ވާދަކުރާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ގައި މިރޭ ކުޅެވޭ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ އައްޑޫ ސިޓީގެ ދެ އަވަށް ކަމަށްވާ މީދޫ އާއި ހުޅުދޫ ބައްދަލުކުރާ މެޗެވެ.
މިރޭގެ މެޗަށް މިދެޓީމް ނުކުންނައިރު، ހުޅުދޫ ޓީމުން ވަނީ ވަރަށް ވަރުގަދައަށް މިމުބާރާތައް ތައްޔާރުވެފައެވެ. އަދި މީދޫ ޓީމަކީ ފުޓްސަލްގެ މައިދާނުގައި ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ، ޓީމެކެވެ. އަނެއްކޮޅުން، ހުޅުދޫ ޓީމަކީ ރޭވުންތެރި ހިތްވަރުގަދަ ޓީމެކެވެ. މި ދެ އަވަށުގެ މެދުގައި އޮންނަ ޒަމާންވީ ކުޅިވަރުގެ ވާދަވެރިކަމުގެ ސަބަބުން، މިރޭގެ މެޗު ވެގެންދާނީ ފޯރިގަދަ، އަދި އެހާމެ ފެންވަރު ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކުރިމަތިލުމަކަށެވެ.
މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއި، ހާއްސަކޮށް މި ދެ އަވަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން މިމެޗް ބަލާލުމަށް މިރޭ ދަނޑަށް ހާޒިރު ވާނެކަމަށް ބެލެވެއެވެ.
މިރޭގެ 11 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މެޗަކީ ދަނޑުމަތީގައި ވާދަވެރި މެޗަކަށް ވީނަމަވެސް، މިއީ ދެ އަވަށުގެ މެދުގައި އޮންނަ އެކުވެރިކަން ދައްކުވައިދޭނެ ރީތި ނަމޫނާ މެޗެއްކަމުގައި ވެގެން ދިއުމަކީ ސަޕޯޓަރުންގެ އުއްމީދުކުރާގޮތެވެ.
މިރޭގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ.
މާލޭއާއި ހުޅުމާލޭގައި ދިރިއުޅޭ ހުޅުދޫއާއި މީދޫގެ ކުޅިވަރަށް ލޯބިކުރާ ހުރިހާ ފަރާތްތަކުންވެސް މި ފޯރިގަދަ މެޗު ބަލާލުމަށް ދަނޑަށް ވަޑައިގަތުމަކީ މިމެޗްގައި ބައްދަލުކުރާ ދެޓީމްގެ ކުޅުންތެރީންގެ ވަރަށް ބޮޑު އެދުމެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރަށްރަށުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

