- ހުޅުދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީން ވާދަކުރައްވާނީ މޫސާ ސިއްދީގު
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ސ. ހުޅުދޫ ރަށު ކައުންސިލްގެ މެމްބަރުންގެ ގޮތުގައި ވާދަކުރައްވާނެ ކެނޑިޑޭޓުން ހޮވުމަށް ބޭއްވުނު ޕްރައިމަރީ އާއިޝަތު ސަވާ އާއި އާމިނަތު ނާފިޒާ އަދި މުހައްމަދުދީދީއާއި އިބްރާހިމް ސަމީއު ކާމިޔާބުކު ކުރައްވަިފިއެވެ.
މިދިޔަ ހޮނިރު ދުވަހު ބޭއްވި ޕީއެންސީގެ ކައުންސިލް ޕްރައިމަރީ އިބްރާހިމް ސަމީއުއާއި މުހައްމަދު ދީދީ ކާމިޔާބުކުރެއްވީ އަހުމަދު ނިޒާމުއާއި ވާދަކޮށްގެންނެވެ.

އާއިޝަތު ސަވާއާއި އާމިނަތު ނާފިޒާ ޕްރައިމަރީ ކާމިޔާބުކުރެއްވީ އާއިޝަތު ނަޖާ ވަހީދުއާއި ވާދަކޮށް ކުރިހޯއްދަވައިގެންނެވެ.
ޕީއެންސީގެ ފަރާތުން ހުޅުދޫ ކައުންސިލްގެ ރައީސަކަށް ވާދަކުރައްވާނެ ބޭފުޅަކަށް ހޮވިފައިވަނީ މިހާރު ހުޅުދޫ އަވަށު އޮފީހުގެ ކައުންސިލް އެގްޒެކްޓިވް މަގާމުގައި ހުންނެވި މޫސާ ސިއްދީގެވެ.
މޫސާ ސިއްދީގު ކައުންސިލްގެ ރައީސަކަމަށް ވާދަކުރައްވަން ހޮވިފައިވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ސާލިމް ޕްރައިމަރީގައި ވާދަނުކުރަން ނިންމެވުމާއި ގުޅިގެން ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމަށް ޕްރައިމަރީ ބާއްވާފައި ނެތުމުންނެވެ.
އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، މީދޫ އާއި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެންނަ ކަމަށް ރައްޔިތުން ނިންމީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ގައި ނެގި ފެންނަ ނުފެންނަ ވޯޓުންނެވެ. އެހެންކަމުން އަންނަ އަހަރު މާރޗް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ އާއި ހުޅުދޫގައި ބާއްވާނީ ރަށު ކައުންސިލް އިންތިހާބެވެ.
މި ކެންޑިޑޭޓުންނަކީ މީދޫ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އަޒުމުގައި، ޕީއެންސީގެ ވައުދުތައް ފުއްދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

