ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީއިން ވާދަ ކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމައްޓަކައި، ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީ ޕްރައިމަރީއަށް ކެންޑިޑޭޓުން ފޯރީގައި ކޭމްޕެއިން ކުރައްވަމުން ގެންދަވާއިރު، ހުޅުދޫ ކައުންސިލް ގޮނޑިތަކަށަންވެސް ވަރަށް ފޯރީގައި ކެންޑިޑޭޓުން ދަނީ ކޭމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ހުޅުދޫ ކައުންސިލްގެ އަންހެން މެންބަރުކަން ހޯއްދެވުމަށް، ހުޅުދޫ ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރައްވަން ބުރަކޮށް ކޭމްޕެއިން މަސައްކަތް ކުރައްވަމުން ގެންދަވާ އާމިނަތު ނާފިޒާ (ނާފީ) އަކީ އަބަދުވެސް ޕީއެންސީ ގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ނަމޫނާ ކަނބަލެކެވެ.
ޑީއާރުޕީ ދުވަސް ވަރުން ފެށިގެން ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވި ނާފީ އަކީ މިހާތަނަށް ދެ ގޮތެއްނުވެ އަބަދުވެސް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާ އެކު، އެއް ފިކުރެއްގައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ރައްޔިތުންނާއި ގުޅޭ ކަނބަލެކެވެ. އެގޮތުން 2023 ރިޔާސީ އިންތިހާބާއި 2024ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކޭންޕެއިން މަސައްކަތުގައި އިސްދައުރެއް އަދާކޮށް، ނާފިޒާވަނީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ މުޙައްމަދު ޝާހިދު އަދި ޕީއެންސީ މެންބަރުންގެ އިތުބާރު ހޯއްދަވާފައެވެ.

މި ނޫހަށް މައުލޫމާތު ދެއްވަމުން ނާފިޒާ ވިދާޅުވީ، ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ބޭނުންފުޅުވަނީ އުމުރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ހުޅުދޫ ކުރި އަރުވައި ރައްޔިތުންނަށް ތަނަވަސް މާހައުލެއް ހޯއްދަވައި ދެއްވުމެވެ. "ރާއްޖޭގެ އެހެން ސަރަހައްދު ތަކާއި އާޅާބަލާއިރު އަޅުގަނޑުމެންނަށް މި ތިބެނީ ތަންކޮޅެއް ފަހަތުގައި، ނަމަވެސް މުޅިން އަލަށް އުފެދޭ ކައުންސިލްއިން ސަރުކާރު އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝާހިދުގެ ތާއީދާ އެކު މަސައްކަތް ކޮށް ހުޅުދުއަށް ބޮޑު ކުރިއެރުމެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް" ނާފިޒާ ވިދާޅުވިއެވެ.
މީގެ އިތުރުން އިޖްތިމާއީ ހަރަކާތް ތަކުގެ ތެރެއިން ރައްޔިތުންގެ އެކުވެރިކަން ބަދަހިކޮށް، މާލޭގައި ދިރިއުޅުއްވާ ހުޅުދޫގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކުގެ ތެރެއިން، ފަސޭހައިން ހިދުމަތް ލިބިގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތުގެ އިތުރަށް ނާފިޒާއަކީ ހުޅުދޫގެ އިޖުތިމާއީ މަސައްކަތުގައި އަބަދުވެސް އުޅުއްވާ، ރަށުގައި ހިންގާ ހަރަކާތްތަކަށް ފަރިތަ ކަނބަލަކެވެ، އެގޮތުން ހުޅުދޫ އަންހެނުންގެ ގުޅުން (ހުއަނގު) ޖަމްއިއްޔާގެ ރައީސްގެ މަގާމާއި ނާއިބު ރައީސްގެ މަގާމުގައި ވަނީ ހިދުމަތް ކުރައްވާފައެވެ. މީގެ އިތުރުން ނާފިޒާއަކީ މި ވަގުތުވެސް ޕީއެންސީ ހުޅުދޫ ސްޓިއަރިން ކޮމިޓީގެ ސެކެޓްރީގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ފަރާތެވެ.
ނާފިޒާ އެދި ލައްވަނީ މާދަމާ ބޭއްވޭ ޕްރައިމަރީގައި އާމިނަތު ނާފިޒާ، ކެންޑިޑޭޓް ނަމްބަރު 2 އަށް ވޯޓް ދެއްވައި، ޕީއެންސީއާއި އެކު ކުރިއަށް ވަޑައިގެން ދެއްވުމަށެވެ.




ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

